A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީގެ ބާސްކެޓްބޯޅަ ޓީމެއް މާލެއަށް ފުރައިފި

ޏ.އޭއީސީ ބާސްކެޓް ބޯޅާ ޓީމު ޕްރެކްޓިސްގައި. 2023

ޏ.އޭއީސީގެ ބާސްކެޓްބޯޅަ ޓީމެއް ފުރަތަމަ ފަހަރަށް މާލެއަށް ފުރައިފިއެވެ.

މި ޓީމު މާލެ ފުރީ މިމަހު ބާއްވާ އިންޓާ ސްކޫލް ބާސްކެޓްބޯޅަ ޖޫނިއާ ޗެމްޕިއަން ޝިޕް 2023ގައި ވާދަކުރުމަށެވެ. މިޓީމުގައި ބައިވެރިވަނީ 9 ދަރިވަރުންނެވެ.

ޏ.އޭއީސީ ބާސްކެޓް ބޯޅާ ޓީމު މާލެ ފުރަން ތައްޔާރުވެފައި. 2023

ފުވައްމުލައް ސިޓީގައި އެންމެ ފުރަތަމަ ބާސްކެޓްބޯޅަ ކޯޓެއް އެޅުމަށްފަހު ބަސްކެޓް ކޯޗިން ކޯހެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި އެ ކޯޗިން ކޭމްޕާއި ގުޅިގެން ކޮންމެވެސް ވަރަކަށް ބާސްކެޓް ކުޅޭ ކުޅުންތެރިންތަކެއް ރަށުގައި އުފެދިގެން ދިޔައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެކަނތައް އުވިގެން ދިޔައީއެވެ.

ޏ.އޭއީސީ ބާސްކެޓް ބޯޅާ ޓީމު މާލެ ފުރަން ތައްޔާރުވެފައި. 2023

އެއިގެ ފަހުން ދެވަނަ ފަހަރާ ޔޫތު ސެންޓަރުގެ ބާސްކެޓްބޯޅަ ކޯޓު އަޕްގްރޭޑް ކޮށްގެން ވެސް އަލުން ކުދިން ބާސްކެޓްބޯޅަ ކުޅެން ފެށިއެވެ. މިއިން އެއްވެސް ފަހަރަކު ފުވައްމުލަކު ސްކޫލްތަކުގައި ބާސްކެޓް ބޯޅަ ކުޅުމާއި ބާސްކެޓްބޯޅާ މުބާރާތެއް ބާއްވާފައެއް ނުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !