A wide advertisement which will be shown on all devices. (700 x 100)

ދޫޑިގަމު އަވަށުގައި ހަދަމުންދާ ޓާފު ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތުގެ ބީލަމަށް ހުޅުވާލައިފި

ދުނޑިމަގު ޓާފު ފުޓުބޯލަ ދަނޑުގެ މަސައްކަތުގެ ނުނިމި ހުރިބައިތައް ބީލަމަށް 2023

ދޫޑިގަމު އަވަށުގައި ހަދަމުން އަންނަ ޓާފު ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ވާގޮތުން މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 26 ފެބްރުއަރީ 2023 އިން ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލް ކުރުމަށް އެދިފައިވެއެވެ.

މި މަސައްކަތާއި ގުޅޭ ތަފުސީލުތައް ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އިތުރު މައުލޫމާތު ހޯދުމަށް 27 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޮނުވާ ސުވާލުތަކުގެ ޖަވާބު 27 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލުން ފޮނުވޭނެ ކަމަށް ވެއެވެ.

މި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

ދޫނޑިގަމު ޓާފު ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް – ސަބް-ބޭސް ލޭޔާ

ދޫޑިގަމު އަވަށުގައި ޓާފު ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ލެޔާ ހެދުމުގެ މަސައްކަތް ފަށަފައިވަނީ 2021 ވަނަ އހަރުގެ ޖޫން މަހުގެ މެދެއްހާ ހިސާބުގައެވެ. އެމަސައްކަތް ކޮށްފައިވަނީ އަމިއްލަ ކުންފުންޏާކައި ހަވާލުކޮށްގެންނެވެ. އެއިގެ ފަހުން އެދަނޑުގެ މަސައްކަތް ބާރަށް ކުރިޔަށް ގޮސް ޓާފު އެޅުމާއި ހަމައިން މަޑުޖެހުނެއެވެ. ނަމަވެސް މިހާރު ވަނީ ޓާފު އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް ފުރިހަމަކޮށްފައެވެ. ޓާފު އެތުރުމަށް ފަހު އެއިގެ މައްޗަށް އަޅާ ހިމުން ހިލަޔާއި ރަބަރު އެޅުމުގެ މަސަކަތަށް ވެސް ކުރިޔަށް ނުގެންދެވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިހާރު ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ދަނޑުގައި ފީފާ ސްޓޭންޑާޑުގެ ގޯލު ޖެހުމާއި ދާގަނޑު ހަރުކުރުމާއި ކޯނަރު ދިދަ ޖެހުމާއި 6 ކުޅުންތެރިންގެ ބެންޗު ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ރަބަރު SBR Rubber Granules for infilling (0.5-2.5mm)) އައި ހިމުން ހިލަވެލި އެޅުމާއި (ފީފާގެ ސަޓިފައިޑް ޓާފް މެޓީރިއަލް) އެޅުން ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !