ދޫޑިގަމް ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށްޓަކައި ސާވޭކޮށްފި

ދޫނޑިގަމު ފުޓްބޯލަ ދަނޑުގެ ފަސްގަނޑު ސާވޭކުރަނީ
Share on facebook
Share on twitter
Share on google

ދޫޑިގަމް ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށްޓަކައި ސާވޭކޮށްފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ޔޫތް މިނިސްޓްރީގެ ކޮންސަލްޓަންޓަކާއެކު އެ ދަނޑުގެ ސަބްބޭސް ލޭޔާ ހެދުމަށްޓަކައި ބަލަން ޖެހޭ ކަންތައްތައް މި މަހުގެ 13 ވަނަ ދުވަހު ބަލާފައިވާ ކަމަށްވެއެވެ. އެގޮތުން ޔޫތު މިނިސްޓްރީގެ ކޮންސަލްޓެންޓް ވަނީ ދޫނޑިގަމު ދަނޑުގެ ފަސްގަނޑުން ބައެއް ކޮނެ އެތަން ބަލާފައެވެ.

ދޫނޑިގަމު ފުޓްބޯލަ ދަނޑުގެ ފަސްގަނޑު ސާވޭކުރުމުގެ މަޝްވާރާ ސިޓީ ކައުން ސިލާއެކު ކުރެވުނު.

ސަބް-ބޭސް ލޭޔަރ ހެދުމަކީ ދަނޑުގެ ފަސްގަނޑުގެ ފަށަލަތައް ތަރުތީބުކޮށް، އެއްވަރުކޮށް ޓާރފް އަޅަން ބިންގަނޑު ތައްޔާރުކުރުމެވެ. އެ މަސައްކަތަށް ދެމަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވެއެވެ.

ނަމަވެސް މިދަނޑުގެ މަސައްކަތްކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަން އެނގޭކަށް ނެތެވެ.

ސަބް-ބޭސް ލޭޔަރގެ މަސައްކަތް ނިމުމުން އޮންނާނީ ޓާރފު އެޅުމުގެ މަސައްކަތެވެ. މި ދަނޑުގައި ވެސް އަޅާނީ ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާރްފެކެވެ.

ދޫނޑިގަމު ފުޓްބޯލަ ދަނޑުގެ ފަސްގަނޑު ސާވޭކުރަނީ

ފުވައމްުލަކުަގއި ފީފާ ގަބޫލުކުރާ ފެންވަރުގެ ޓާފް ދެދަނޑު ހެދުމަށް ނިންމާފައިވއެވެ. އެގޮތުން އެންމެ ފުރަތަމަ ހަދާފައިވަނީ ހޯދަޑު ފުޓުބޯޅަ ދަނޑެވެ. އެދަނޑުގެ ޓާފް އެޅުމުގެ މަސައްކަތްތައް ފާއިތުވި 2020 ވަނަ އަހަރު ވަނީ ނިންމާލާފައެވެ. ހޯދަނޑު ދަނޑުގެ ސަބްބޭސް ލޭޔާރގެ މަސައްކަތް ކުރީ އެމްޓީސީސީއިންނެވެ. އަދި ޓފްއެލުމުގެ މަސައްކަތް ކުރީ މަސައްކަތް ކުރީ  އަމީން ކޮންސްޓްރަކްޝަނުންނެވެ.

ހޯދަޑު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 28 ސެޕްޓެމްބަރ 2020. ފޮޓޯ؛ އަލީ ޝަރީފު

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments