A wide advertisement which will be shown on all devices. (700 x 100)

ދޫޑިގަމު ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ލެޔާގެ މަސައްކަތް ފަށައިފި

ދޫނޑިގަމު ޓާފު ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް - ސަބް-ބޭސް ލޭޔާ

ދޫޑިގަމު އަވަށުގައި ހެދުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ލެޔާ ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މިމަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ނަމަވެސް އެމަސައްކަތްކުރުމަށް ހަވާލުކޮށްފައި ވަނީ ކޮން ކުންފުންޏަކާއި ކަން އަދި ވަނީ އެގޭގޮތް ނުވެފައެވެ. މީގެ ކުރިން ފުވައްމުލައް ސިޓީގެ ހެދި ހޯދަޑު ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ލެޔާގެ މަސައްކަތް ކުރީ އެމްޓީސީސީއިންނެވެ.

ދޫނޑިގަމު ޓާފު ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް – ސަބް-ބޭސް ލޭޔާ

ދޫޑިގަމް ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށްޓަކައި ސާވޭކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު 13 ވަނަ ދުވަހު އެވެ. ޔޫތް މިނިސްޓްރީގެ ކޮންސަލްޓަންޓަކާއެކު އެ ދަނޑުގެ ސަބްބޭސް ލޭޔާ ހެދުމަށްޓަކައި އެދަނޑުގެ ފަސްގަނޑުން ބައެއް ކޮނެގެން ބަލާފައެވެ.

ސަބް-ބޭސް ލޭޔާ ހެދުމަކީ ދަނޑުގެ ފަސްގަނޑުގެ ފަށަލަތައް ތަރުތީބުކޮށް، އެއްވަރުކޮށް ޓާފް އަޅަން ބިންގަނޑު ތައްޔާރުކުރުމެވެ. ސަބް-ބޭސްލޭޔަ ހެދުމުގެ މަސައްކަތަށް އާއްމުކޮށް ދެމަހެއްހާ ދުވަސް ހޭދަވާނެކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެއެވެ.

ސަބް-ބޭސް ލޭޔަރގެ މަސައްކަތް ނިމުމުން އޮންނާނީ ޓާފު އެޅުމުގެ މަސައްކަތެވެ. ނަމަވެސް ޓާފު އެޅުމުގެ މަސައްކަތް އަދި ބަޔަކާއި ހަވާލުކޮށްފައެއއ ނުވެއެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނުގޮތުގައި ވަރަށް އަވަހަށް ޓާފް އެލުމުގެ މަސައްކަތް ބަޔަކާިއ ހަމާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަުދޫނޑިގަމު ދަނޑުގައި ވެސް އަޅާނީ ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާރްފެކެވެ.

 

ދޫނޑިގަމު ފުޓްބޯލަ ދަނޑުގެ ފަސްގަނޑު ސާވޭކުރަނީ

ފުވައްމުލަކުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ފުޓްބޯޅަ ޓާފް ދެ ދަނޑު ހެދުމަށް ކުރިން ނިންމާފައި ވެއެވެ. އެގޮތުން ފުރަތަމަ ހެދީ ހޯދަޑު ފުޓުބޯޅަ ދަނޑެވެ. އެދަނޑުގެ ޓާފް އެޅުމުގެ މަސައްކަތްތައް ފާއިތުވި 2020 ވަނަ އަހަރު ވަނީ ނިންމާލާފައެވެ. ހޯދަޑު ދަނޑުގެ ސަބްބޭސް ލޭޔާރގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. އަދި ޓާފްއެޅުމުގެ މަސައްކަތް ކުރީ މަސައްކަތް ކުރީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

ހޯދަޑު ފުޓްބޯޅަ ޓާފް ދަނޑު ނިމިފައި

މީގެ އެތައް އަހަރެއް ކުރިންވެސް ފީފާ ގޯލް ޕްރޮޖެކްޓްގެދަށުން ރާއްޖެއަށް ލިބުނު އެހީގައި ފުވައްމުލައް ސިޓީގައި ޓާފު ދަނޑެއް އެޅުމަށް އޭރު އެފްއޭއެމް އިން ނިންމިއެވެ. ނަމަވެސް އޭގެ ފަހުން ޕީޕއެމް ސަރުކާރުގައި އޭރުގެ އެފްއޭއެމް ރައީސަކަށް ކުރީގެ ގެމަނަފުށީ ދާއިރާގެ މަޖުލިސް މެމްބަރު އިލްހާމު ހުރި ދުވަސްވަރު ވަނީ އެދަނޑު އެހެން ރަށަކަށް ބަދަލުކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !