ހިއުމަން ރައިޓްސް ޑިފެންޑާސް ޕްރޮގްރާމްތަކެއް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަނީ

ހިއުމަން ރައިޓްސް ކަމިޝަނުގެ ރައީސް މަރްޔަމް މުނާ ފުވައްމުލަކަށް ވަޑައިގަތުން
Share on facebook
Share on twitter
Share on google

ހިއުމަން ރައިޓސް ޑިފެންޑާސް ޕްރޮގްރާމުތަކެއް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިއުމަށް ހިއުމަން ރައިޓްސް ކަމިޝަން އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވައެވެ.

މި މޭ މަހު 13 އިން 20 އަށް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ މިޕްރޮގްރާމުގެ ނަމަކީ “އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް” އެވެ. މިއީ ޔޫއެންޑީޕީ އާއި ހިއުމަންރައިޓްސް ކަމިޝަނާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކެކެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ފުވައްމުލައް ސިޓީ އަށް ވަޑައިގެންނެވި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް މުނާ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ނާއިބު ރައީސް ޑރ. އަހުމަދު އަދްހަމް އަބްދުﷲ އަށް ފުވައްމުލަކު އެއާޕޯޓުން މަރުހަބާ ދެންނެވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އެވެ.

މޭޔަރު އިސްމާއީލް ރަފީގު އާއި ހިިއުމަން ރައިޓްސް ކޮމެިޝަނުގެ ނާއިބު ރައީސް ޑރ.އަދުހަމް އަދި ރައީސް މުނާ

މި ޕްރޮގްރާމުގެ ތެރެއިން މުޖުތަމައުގައި އިިންސާނީ ހައްގުތަކުގެ ސަގާފަތެއް އަށަގެންނެވުމަށް ޓާގެޓް ގްރޫޕްތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައި ވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ދިވެހިރާއްޖެގެ ހިއުމަން ރައިޓްސް ކޮމިޝަނުން ދެމުންގެންދާ ޚިދުމަތްތައް އަތޮޅު ތެރެއަށް ފުޅާކޮށް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ކައުންސިލްތަކާއި އަތޮޅު ލެވެލްގެ ޖަމްއިއްޔާތައް ބާރުވެރި ކުރުމަށް އަމާޒުކޮށްގެން ވެސް ހަރަކާތެއް ހިންގުމަށް ރޭވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް އިން ހާމަކުރައްވާފައި ވެއެވެ.

އެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި:

ސިޓީގެ އިސް ފަރާތްތަކާއި އެކު މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން

ހިއުމަން ރައިޓްސް ޑިފެންޑާސް ތަމްރީނުކުރުމުގެ ޕްރޮގްރާމް ހިންގުން

އާއްމުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިއުން

އިންސާނީ ހައްގުތަކާއި ގުޅިގެން ޝަކުވާ އުފުލާނެ ގޮތުގެ މައުލޫމާތު ދިނުން

ހިއުމަަން ރައިޓްސް ފެއާއެއް ބޭއްވުން

ހިމެނެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments