ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި ހިއުމަން ރައިޓްސް ޕްރޮގްރާމްތަކެއް ހިންގަނީ

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް 2018 - ފުވައްމުލައް ސިޓީ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި ހިއުމަން ރައިޓްސް ޕްރޮގްރާމްތަކެއް ހިންގަން ތައްޔާރުވަމުން އެބަދެއެވެ.

ޔޫއެންޑީޕީ އާއި ހިއުމަން ރައިޓްސް ކަމިޝަނާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މޭމަހު 14 އިން 19 އަށް ފުވައްމުލައް ސިޓީގައެވެ. މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ “އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް” އެވެ.

މިއީ އިިންސާނީ ހައްގުތަކުގެ ސަގާފަތެއް މުޖުތަމައުގައި އަށަގެންނެވުމަށް އެކި ޓާގެޓް ގްރޫޕްތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކަމަށް ހިއުމަން ރައިޓްސް ކަމިޝަނުން ހާމަކޮށްފައި ވެއެވެ. މިއީ އެ ކޮމިޝަނުން ދެމުންގެންދާ ޚިދުމަތްތައް އަތޮޅު ތެރެއަށް ފުޅާކޮށް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ކައުންސިލްތަކާއި އަތޮޅު ލެވެލްގެ ޖަމްއިއްޔާތައް ބާރުވެރި ކުރުމަށް އަމާޒުކުރެވޭ ހަރަކާތެއް ވެސްމެއެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް 2018

މި ޕްރޮގްރާމުގެ އެއް މަގުސަދަކީ އަަތޮޅުތެރޭގައި އެ ކޮމިޝަނުން ދޭ އިޖްތިމާއީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކޮށް އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމައެއް ބިނާކުރުމެވެ.

މިޕްރޮގްރާމުގެ ތެރެއިން 5 ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ހިމަނާފައި ވެއެވެ. އެއީ:

އިސްފަރާތްތަކުގެ ބައްދަލުވުން:

މިބައްދަލުވުންތަކުގެ ތެރޭގައި ހިމެނެނީ ފުވައްމުލައް ސިޓީގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި ހިއުމަން ރައިޓސް ކޮމިޝަނުގެ މެމްބަރުން ވަކިވަކިން ބައްދަލު ކުރުމާއި، ވިޔަފާރިވެރިންނަށް ބިިޒްނަސް އެންޑް ހިއުމަން ރައިޓްސްގެ ބައްދަލުވުމަކާއި މަދަނީ ޖަމްއިއްޔާތަކުގެ ބައްދަލުވުމެކެވެ.

ތަމްރީނު ޕްރޮގްރާމްތައް

އިންސާނީ ހައްގުތަކަށް ހޭލުންތެރިވެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ފަރާތްތަކެއް ބިނާކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ޑިފެންޑާސް ތަމްރީނު ކުރުމާއި، ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންދިއުން ހިމެނެއެވެ.

އާއްމު ހޭލުންތެރިކަމުގެ ޕްރޮގްރާމް

މި ޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ތަމްރީނު ސެޝަނެއް ކުރިޔަށް ގެންދިއުން ހިމެނެއެވެ. މި ސެޝަން އަމާޒުކުރުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ ހައްގުޤުތަކާ އެންޓި-ބުލީއިން އައި ގުޅޭ ގޮތުންނެވެ. އަދި 10 މޭގައި ދަރިވަރުންގެ ފޯކަސްގްރޫޕް ބައްދަލުވުންތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ރާވާފައި ވެއެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން އިންސާނީހައްގު ތަކުގެ މައުލޫމާތު ސެޝަނެއް ކުރިޔަށް ގެންދިއުމާއި ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކަށް އެންޓި ޓޯޗާ ގާނޫނު 2013 އަށް ހޭލުންތެރި ކުރުމަށް ވެސް ސެޝަނެއް ކުރިޔަށް ގެންދިއުމަށް ރާވާފައި ވެއެވެ.

އިންސާނީ ހައްގުތަކުގެ ޝަކުވާ ހުށަހެޅުން

ބިދޭސީންނާއި އާއްމު ރައްޔިތުންނަށް އިންސާނީ ހައްގުގެ މައުލޫމާތު ދިނުމުގެ ގޮތުން އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ހިނދު ހައްގުތައް ހޯދުމަށް ޝަކުވާ ހުށަހަޅާނެ ގޮތާއި އެފަދަ ކަންކަމުގައި ޤާނޫނީ އެހީތެރިކަމާ ލަފާ ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި އިންސާނީ ހައްގުތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ހިއުމަަންރައިޓްސް ފެއާ

ފުވައްމުލައް ސިޓީގައި ދިރިއުޅޭ އެންމެނަށް އަމާޒުކުރެވިގެން ބާއްވާ މިފެއާ މެދުވެރިކޮށް އިންސާނީ ހައްގުތައް ކުރިއަރުވުމަށް މަސައްކަތް ކުރުމާއި ހައްގުތައް ހޯދުމުގައި އެހީތެރިވާނެ ފަރާތްތައް މީހުންނަށް އަންގައި ދިނުން ހިމެނެއެވެ. އަދި އިންސާނީ ޚިދުމަތް ފޯރުކޮށް ދޭ ފަރާތްތަކުން ދެމުން ގެންދާ ޚިދުމަތްތައް އާއްމުނަށް އެގުމުގެ ފުރުސަތު މި ފެއާތެރެއިން ފަހިވެގެން ދާނެކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ގަބޫލުކުރައްވައެވެ.

 

3.7/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments