A wide advertisement which will be shown on all devices. (700 x 100)

ހިއުމަން ރައިޓްސްގެ އާއިލީ ހަވީރެއް މިއަދު ހަވީރު ފުވައްމުލައް ސިޓީގައި ބާއްވަނީ

އުމަން ރައިޓްސް ޑިފެންޑާސް ހަރަކާތްތައް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަނީ

ހިއުމަން ރައިޓްސްގެ އާއިލީ ހަވީރެއް މާދަމާ ހަވީރު ފުވައްމުލައް ސިޓީގައި ބާއްވަން ތައްޔާރުވެއްޖެއެވެ. މިހަވީރު އޮންނާނީ 19 މެއި 2023 ވާ ހުކުރު ދުވަހު ހަވީރު ފުވައްމުލައް ސިޓީ ޔޫތު ސެންޓަރުގައި ހަވީރު 4:00 އިން 6:00 އަށެވެ.

މިއީ މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ގެ ތެރެއިން ކުރިޔަށް ގެންދާ ހަަރަކާތެކެވެ.

މި ހަވީރުގައި ސްޓޯލް އަދި ކާބޯތަކެތި ވިއްކާ ސްޓޯލް ހިންގުމުގެ ފުރުސަތު އައްމުންނަށް ވަނީ ހުޅުވާލެވިފައެވެ.

އުމަން ރައިޓްސް ޑިފެންޑާސް ހަރަކާތްތައް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަނީ

ފުވައްމުލައް ސިޓީގައި ދިރިއުޅޭ އެންމެނަށް އަމާޒުކުރެވިގެން ބާއްވާ މިފެއާ މެދުވެރިކޮށް އިންސާނީ ހައްގުތައް ކުރިއަރުވުމަށް މަސައްކަތް ކުރުމާއި ހައްގުތައް ހޯދުމުގައި އެހީތެރިވާނެ ފަރާތްތައް މީހުންނަށް އަންގައި ދިނުން ހިމެނެއެވެ. އަދި އިންސާނީ ޚިދުމަތް ފޯރުކޮށް ދޭ ފަރާތްތަކުން ދެމުން ގެންދާ ޚިދުމަތްތައް އާއްމުނަށް އެގުމުގެ ފުރުސަތު މި ފެއާތެރެއިން ފަހިވެގެން ދާނެކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ގަބޫލުކުރައްވައެވެ.

މި ޕްރޮގްރާމުގެ ދަށުން ހިއުމަން ރައިޓްސް އާއި އެންޓިޓޯޗާ އާއި ގުޅޭ މައުލޫމާތު ސެޝަން މިރޭ، 18 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ތާވަލް ކޮށްފިއެވެ. މި ސެޝަން ކުރިޔަށް ގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ރޭގނަޑު 8:30 އިން 10:00 އަށެވެ.

އުމަން ރައިޓްސް ޑިފެންޑާސް ހަރަކާތްތައް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދަނީ

މި ސެޝަނުގައި ބައިވެރިވުމަށް ވެސް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. މި މައުލޫމާތު ސެޝަން ކުރިޔަށް ގެންދަވަނީ މިހާރު ފުވައްމުލައް ސިޓީ އަށް ވަޑައިގެން އުޅުއްވާ ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިސްގެ ފަރާތުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !