ފުވައްމުލަކު ތިން މެންބަރުންގެ ސޮޔާއިއެކު އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅައިފި

Share on facebook
Share on twitter
Share on google

ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުންނާއިއެކު ޖުމްލަ 50 މެންބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ފުވައްމުލަކު ތިން މެންބަރުންކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) އާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުންތާޒުގެ ވެސް ވަނީ ސޮއިކޮށްފައެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީގެ މެންބަރުން ހުށަހަޅާފައިމިވަނީ “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި އެމްޑީޕީއިން އީވާ ވަކިވެފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ އީވާ މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ. އެހެންކަމުން، އީވާ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއިކުރި އެންމެން ވޯޓުދީފިނަމަ އީވާ އަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަން ގެއްލޭނެއެވެ.

އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީއިން ހުށަހެޅުމުގެ ކުރިން، ޗާގޯސްގެ މައްސަލައާއި ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލިހަށް ވައްދައިފަ އެވެ. އެއީ ޗާގޮސްގެ މައްސަައާ ގުޅުވައިގެންނެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ހުށަހެޅީ 13 މެމްބަރެއްގެ ސޮޔާ އެކު އެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments