A wide advertisement which will be shown on all devices. (700 x 100)

އިލްމުވެރިންގެ ގުޅުމުގެ ގިނަ މެންބަރުންގެ ތާއީދު ޕީއެންސީ ކެންޑިޑޭޓް މުއިއްޒަށް

ރާއްޖޭގެ ނަން މަޝްހޫރު ގިނަ އިލްމުވެރިންތަކެއް ހިމެނޭ އިލްމުވެރިންގެ ގުޅުމުގެ އެންމެ ގިނަ މެންބަރުން ތާއީދުކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށްކަމަށް އެޖަމިއްޔާއިން ނެގި ވޯޓުން ދައްކައިފިއެވެ. ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި އެޖަމިއްޔާގެ ފަރާތުން ތާއީދުކުރުމަށް ފެންނަ ރިއާސީ ކެންޑިޑޭޓަކީ ކޮބައިތޯ ބެލުމަށް ޖަމިއްޔާގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގެ 82 އިންސައްތަ ކާމިޔާބުކުރެއްވީ ޑރ.މުއިއްޒެވެ. ދެވަނަ އެންމެ ގިނަ ވޯޓު ހޯއްދެވީ އުމަރު ނަސީރެވެ. ތިންވަނައަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިޔައިރު ގާސިމަށާއި އިލްޔާސަށާއި ފާރިސަށާއި ނާޒިމަށް ލިބުނީ އެންމެ ވޯޓެކެވެ. މިޕޯލްގައި އެޖަމިއްޔާގެ 105 މެންބަރަކު ވޯޓުދެއްވިއިރު އެޖަމިއްޔާގައި 150 އަށްވުރެ ގިނަ މެންބަރުން ތިއްބަވާކަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.

އިލްމުވެރިންގެ ގުޅުމުގެ ގިނަ މެންބަރުން ޑރ. މުއިއްޒަށް ތާއީދުކުރިއިރު އެޖަމިއްޔާގައި އަދާލަތުޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ. އަދާލަތު ޕާޓީގެ އިތުރުން ސަލަފު ޖަމިއްޔާގެ މެންބަރުންވެސް ހިމެނޭ އިލްމުވެރިންގެ ގުޅުމުން ނެގި ވޯޓާއި ދިމާކޮށް އެގުޅުމުގެ މެންބަރު ޑރ. އިޔާޒު ވިދާޅުވަނީ ޑރ. މުއިއްޒަށް ތާއީދު ކުރަނީ މަދު އިލްމުވެރިންތަކެއް ކަމަށެވެ.

އިލްމުވެރިންގެ ގުޅުމުގެ ގިނަ މެންބަރުން މުއިއްޒަށް ތާއީދު ކުރެއްވިއިރު ޖަމިއްޔަތުއްސަލަފުންވެސް ތާއީދުކޮށްފައިވަނީ މުއިއްޒަށެވެ. ނަމަވެސް، އަދާލަތު ޕާޓީއިން ތާއީދުކޮށްފައިވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !