A wide advertisement which will be shown on all devices. (700 x 100)

ދީނީ އިލްމުވެރިންތަކެއް ރައީސް ސާލިހަށް ތާއީދުކުރާކަން ހާމަކޮށްފި

އިލްމުވެރިންގެ ގުޅުމުން ދީނީ އިލްމުވެރިންގެ ތާއީދު އޮތް ކެންޑިޑޭޓަކު ބެލުމަށް ނެގި ވޯޓުގައި އެގުޅުމުގެ ގިނަ މެންބަރުންތަކެއް ޑރ. މުއިއްޒަށް ތާއީދުކޮށްފައިވަނިކޮށް އެގުޅުމުގައި ހިމެނޭ ބައެއް މެންބަރުން ހިމެނޭގޮތަށް އިލްމުވެރިންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. އެ ފަރާތްތަން މިއަދު ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެންސްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ފަރާތްތަކާއި މިސަރުކާރުގެ މަގާމުތައް ފުރުއްވަމުން ގެންދަވާ ފަރާތްތަކެވެ. އަދި އެނޫސް ކޮންފަރެންސަށް ބައިވެރި ނުވެވުނު ފަރާތްތަކުގެ ތެރޭގައިވެސް ސަރުކާރުގެ މަގާމުތައް ފުރާ ފަރާތްތައް ހިމެނެއެވެ

މިއަދުގެ ބައްދަލުވުމުގައި ޝައިހު އިލްޔާސް ހުސައިން އާއި ޑރ. މުހައްމަދު އިޔާޒާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ބައިވެރިވެ ވަޑައިގެންފައެވެ. އެ ބޭފުޅުންގެ ތެރޭގައި ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ހިމެނެ އެވެ.

ގުބާދު މިއަދު ވިދާޅުވީ، ތަފާތު ސިޔާސީ ހިޔާލުތަކުގެ މީހުންނާއެކު ރައީސް ސޯލިހު މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ހަލަބޮލި ކަމެއް ނެތި ރައީސް ސޯލިހު ދިވެހިރާއްޖެ ކުރިޔަށް ގެންގޮސް ދެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ ވަރަށް ހިތްޕުޅު ތިރި އޯގާތެރި ބޭފުޅެއް ކަމަށެވެ.ޝައިހް އިލްޔާސް ވިދާޅުވީ ރައީސް ސޯލިހަކީ މީގެ ކުރިން ވެރިކަން ކުރެއްވި އެހެން ބޭފުޅުންނާ ވަރަށް ތަފާތު ބޭފުޅެއް ކަަމަށާއި މީހުން ހިފައި ހައްޔަރުކޮށް ބަންދު ކުރުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކަށް އެމަނިކުފާނު ޖާގަ ދެއްވާ ކަމަށެވެ.

އޭނާ އަދި ވިދޅުވީ މިއީ ރާއްޖެގެ މުސްތަގުބަލާ މެދު މުހިންމު ނިންމުމެއް ނިންމަންޖެހޭ ވަގުތަކަށްވާތީ ކުރީން ދީނީ އިލްމުވެރިންނަށް ތަޖުރިބާކުރަން ޖެހުނު ކަންކަމުގެ މައްޗަށް ބުރަވެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ދީނީ، އެ އިލްމުވެރިން ތާއީދުކުރާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޑރ. އިޔާޒް ވެސް ވިދާޅުވީ، ރައީސް ސޯލިހު ދީނީ އިލްމުވެރިންގެ އަޑު އައްސަވާ ކަމަށެވެ.

އަދާލަތު ޕާޓީއާއި މިސަރުކާރުގެ މަގާމުތައް ފުރާ ދީނީ އިލްމުވެރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކޮށް ވާހަކަދެއްކުމުގެ ކުރިން މިއަދު ގެ ނޫސް ކޮންފަރެންސްގައި އިސްކޮށް ހަރަކާތްތެރިވި އަދާލަތު ޕާޓީ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑޜ. އިޔާޒު ވަނީ ދީނީ އިލްމުވެރިންގެ ގުޅުމުން ނެގި ވޯޓާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފައިވެއެވެ.

+1
1
+1
2


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !