A wide advertisement which will be shown on all devices. (700 x 100)

ޖުވެލަރީ ޑިޒައިނިންގ އެންޑް މެނުފެކްޗަރިންގް ކޯސް ނިންމި ބައިވެރިންނަށް އެކަމުގެ ހަނދާނީ ލިޔުންދީފި

ޔޫތު މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޖުވެލަރީ ޑިޒައިނިންގ އެންޑް މެނުފެކްޗަރިންގް ކޯސް ނިންމި ބައިވެރިންނަށް އެކަމުގެ ހަނދާނީ ލިޔުންދީފިއެވެ.

ފުވައްމުލަކުގައި ގަހަނާ ހަދަން ދަސްކޮށްދިނުމާއި ޑިޒައިން ކުރުމުގެ ހުނަރު ދަސްކޮށްދިނުމާއި މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފަހިފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މިކޯސް ޖުމްލަ 15 ބައިވެރިއަކު ވަނީ އެއްކޮށް ފުރިހަމަކޮށްފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

 ހަތަރު މަސް ދުވަހަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކުރެވި ލެވެލް 3 ގެ ސެޓްފިކެޓް ކޯހެކެވެ.  އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިކޯހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއްނުނަގައެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ކިޔަވައިދިން މިކޯހުގެ ‘ތިއަރީ’ ބައި އޮންލައިންކޮށް ކުރިއަށް ގެންދިއަ ކަމުގައިވީ ނަމަވެސް ކޯހުގެ އަމަލީ ބައި ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލައް ސިޓީގައެވެ.

+1
2
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !