ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތްކުރި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓަރީކޮށް ދީފި އެވެ. އިލެކްޝަންސް ކޮމިޝަނުގައި ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފައިވަނީ މިދިޔަ އެޕްރީލް 25 ވީ ބުރާސްފަތި ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. ޕީއެންއެފް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގަ އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު އީސީން އެ ޕާޓީ ރަޖިސްޓްރީކޮށް ދިނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ.
ޔާމީން އިސްވެ ސިޔާސީ ޕާޓީއެއް އުފެއްދިއިރު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދާ އެކު ކުރިމަތިލެއްވި އެންމެ ކެންޑިޑޭޓަކު ވެސް ނުހޮވެ އެވެ.
ޚިޔާލުތައް