A wide advertisement which will be shown on all devices. (700 x 100)

ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ބާއްވާ ދިރާގު ރަން ފުވައްމުލަކުގައި

ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިރާގު ރަން ފުރަތަމަ ފަހަރަށް މާލެ ސަރަހައްދުން ބޭރުގައި ބޭއްވުމަށް ނިންމައިފިއެވެ.  “ދިރާގު ފުވައްމުލައް ރަން”ގެ މަރުކާގައި ފުވައްމުލަކުގައި ބޭއްވުމަށް ރޭވިފައިވާ މިދުވުން ކުރިއަށްދަނީ ދިރާގާއި، ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެނެވެ. މިކަމާއި ގުޅޭ ފަހުމުނާމާގައި ފުވައްމުލަކު ސިޓީ ކައުންސިލާއި ދިރާގާއި ދެމެދު މިދޔަ ޖެނުއަރީ މަހު 29 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. މި ދުވުން ރޭވިފައިވަނީ އަންނަ މެއީ މަހު 2 ދުވަހު ބޭއްވުމަށެވެ.

“މިއީ، ޑީއެމްއާރުއާރުގެ ދަށުން މާލޭން ބޭރުގައި ބާއްވާ ފުރުތަމަ ދުވުމަށްވެފައި، މިއީ ޑީއެމްއެމްއާރްއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް. ފުވައްމުލަކުގެ ތަފާތު ގުދުރަތީ ރީތިކަމާއި، ކުލަގަދަ ސަގާފަތާއި، ހޫނު މެހެމާންދާރީ ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ސާޓިފައިޑް ރޫޓެއްގައި ދުވުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،” ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، ޢަލީ ރިޔާޒް ވިދާޅުވިއެވެ.

“ދިރާގުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ މި ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް. މި އިވެންޓުގެ ސަބަބުން، ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، މި ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރެވޭ،” ފުވައްމުލަކު މޭޔަރު، އިސްމާޢިލް ރަފީޤް ވިދާޅުވިއެވެ.

“ދިރާގު މޯލްޑިވްސް ރޯޑް ރޭސް”އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ބައިނަލްއަގުވާމީ ދުވުމެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !