އަންނަ އަހަަރު މާރޗު މަހު ބޭއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނަމުން އައި 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބު އަންނަ އަހަރު އޭޕްރީލް 6 ގައި ބޭއްވުމަށް ނިންމައި އިއުލާން ކޮށްފިއެވެ. އެކޮމިޝަނުން މިއަދު އެކަން އިއުލާން ކުރިއިރު ގިނަބަޔަކު އަންނަނީ މަޖުލިސް އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ. ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާނީ އަންނަ ޖެނުއަރީ މަހު 28 ގައި ކަމަށް އެލެކްޝަނސް ކޮމިޝަނުން މުިއަދު ވަނީ ހާމަކޮށްފައެވެ.
މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެކޮމިޝަނުގެ ރައީސް ވިދާޅުވީ، މިފަހަރު ރި-ރެޖިސްޓްރޭޝަނަން ހުޅުވާލާނީ ރިޔާސީ އިންތިޚާބުގައި ވޯޓު ދިން ތަން ނޫން ތަނަކަށް ވޯޓު ލާން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ. އަދި ރި-ރެޖިސްޓްރޭޝަން ފޯމު ހުށަހަޅަނީ އޭގެ ވެރިފަރާތް ނޫން ކަމުގައިވާ ނަމަ ފޯމުގެ ވެރިފަރާތުގެ އިތުރު އިގުރާރެއް ހުށަހަޅަން ޖެހޭގޮތަށް ބަދަލުކޮށް ފައިވާކަމަށް ވިދާޅުވިއެވެ.
މިހާރު ކަނޑައޅާފައިވާ 87 އިންތިޚާބީ ދާއިރާ ފައިނަލް ކުުރމުގެ ކަންތައް ކުރިޔަށްދާ ކަމަށާއ، ދާއިރާތައް ބެހި ގޮތާއިމެދު އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމުމުން ދާއިރާތައް ފައިނަލް ކުރެވޭނެ ކަމަށެވެ. އަދި ހައިކޯޓުން މިހާރު ކަނޑައަޅާފައިވާ ދާއިރާތައް ބަދަލުކުރުމަށް ހުކުމް ނުކުރާހާ ހިނދަކު މިހާރު ކަނޑައޅާފައިވާ ދާއިރާތައް އެގޮތުގައި ދެމިއޮންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ނިމުނު ރިޔާސި އިންތިޚާބުަގއި ވޯޓު ލާން ކިއޫގައި މީހުން ގިނަ ވަގުތު ތިބެން ޖެހުނު ކަން ފާހަގަކޮށް މިފަހަރު އެގޮތާށް ކަންތައް ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ވޯޓު ފޮށްޓަކަށް ވެސް ވޯޓުލެވޭ މީހުންގެ އަދަދު މަދު ކުރުމުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުރުކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖުލީސް އިންތާޚބަށް ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ ކެމްޕޭން ފަށާފައެވެ.
އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލާފައިވާއިރު ޕީޕީއެމުން އަދި އަދާލަތު ޕާޓީން މަޖުލީހަށް ވާދަކުރުމުގެ ފުރުސަތު ޕްރައިމަރީއަކާއި ނުލައި ދޭން ވަނީ ފަށާފައެވެ. ޕީޕީއެމުން، ރައީސް ޔާމީނު ވަނީ ގިނަ ބަޔަކަށް ޕްރައިމަރީއާއި ނުލައި ޓިކެޓް ދީފައެވެ. އެގޮތުން މިހާރު އެޕާޓީގައި ތިބި ޔާމީނުއަށް ވަފާތެރި ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނާއި އެހެން ބައެއް އިސް ފަރާތްތަކަށް ވެސް ޕްރައިމަރީއަކާއި ނުލައި ވަނީ ޓިކެޓް ހަވާލުކޮށްފައެވެ.
އެމްޑީޕީން ނިންމާފައި ވަނީ މަޖުލިސް އިންތިޚާބަށް ޕްރައިމަރީއަކަށް ހުޅުވާލުމަށެވެ.
އެމްޑީޕީ ޕްރައިމަރީ ޓައިމް ލައިން
އެމްޑީޕީން ވާދަކުރާނެ ދައިރާތައް ކަނޑަައެޅުުން: 30 އޮކްޓޯބަރ – 87 ދާއިރާއަށް އެމްޑީޕީން ކުރިމަތިލާ ގޮތަށް ނިމިފައި
ޕްރައިމަރީގެ ވޯޓުލެވޭނެ ފަރާތްތައް: 7 ޑިިސެމްބަރުގެ ނިޔަލަށް އެޕާޓީގެ އޮފީހަށް މެމްބަރޝިޕް ފޯމު ލާފައިވާ ފަރާތްތައް
ވޯޓަރސް ލިސްޓް އާއްމުކުރުން އަދި ޝަކުވާއަށް ހުޅުވާލުން: 13-16 ޑިސެމްބަރު 2018 (ބުރާސްފަތިން – އާދިއްތައަށް)
ޕްރައިމަރީގެ ވާދަކުރުމަށް އަށް ފޯމު ހުށަހެޅުމުގެ ސުން ގަޑި: 19 ޑެސެމްބަރު 2018(ބުދަ)
ޕްރައިމަރީގެ އިންތިޚާބު ބޭއްވުން: 18 ޖެނުއަރީ 2019 (ހުކުރު)

2015 ވަނަ އަހަރު ފުވައްމުލަކުގައި އިލެކްޝަންސް ކަމިޝަނުން ބޭއްވި ސިވިކް އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް
ރައްޔިތުންގެ މަޖުލީހުގެ ކެންޑިޑެންސީއަށް ހުޅުވާލުން: 28 ޖެނުއަރީ 2019 (ހޯމަ)
ރައްޔިތުންގެމަޖުލީހުގެ އިންތިޚާބު ބޭއްވުން: 6 އޭޕްރީލް 2019 (ހޮނިހިރު)
ޚިޔާލުތައް