ޖޭޕީއިން މަޖުލީހުގެ ހުރިހާ ދާއިރާކަށް ކުރިމަތިލާން ނުނިންމާ ކަމަށް ބުުނެފި

ޖުމްހޫރީ ޕާޓީގެ ފަރާތުން ފުވައްމުލކު ކައުންސިލަށް ކުރިން ކުރިމަތިލި ކެންޑިޑެޓެއް
Share on facebook
Share on twitter
Share on google

ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖުލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން ނުނިންމާ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ. ނަމަވެސް އެޕާޓީގެ މެންބަރުންނަށް އެމެންބަރަކު ޝައުގުވެރިވާ ދާއިރާއަކުން މަޖުލީހުގެ ޓިކެޓް ހޯދުމަށް އެދުމަށް ވަނީ ހުޅުވާލާފައެވެ.

ޓިކެޓަށް އެދުމުގައި އިސްތިސްނާ ވަނީ ހަމައެކަނި ‘މަޖުލިސް 12 މެންބަރުން’ ގެ ތެރެއިން އެޕާޓީީއަށް ބަދަލުވި މެންބަރުންގެ ދާއިރާތަކެވެ. އެދާއިރާތަކުގެ މަޖުލިސް ޓިކެޓް އެ މެންބަރުންނަށް ދިނުމަށް ގާސިމު ވައުދުވެ ވަޑައިގެންފައިވާ ކަމަށް ޖޭޕީގެ އިސް ސްޕޯކްސް ޕާސަން އަލީ ސޯލިޙު ވަނީ ވިދާޅުވެފައެވެ.

ޖޭޕީގެ ޓިކެޓް ބޭނުންވާ މީހުން ކުރިމަތިލާން ހުޅުވާލުމަށް އެޕާޓީީގެ ކައުންސިލުން ނިންމުމަކީ މަޖުލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމުމެއް ނޫން ކަމަށް މިސަރުކާރުގެެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާ ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު މިއަދު މީޑިއާއަށް ވިދާޅުވި ވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރިމަތިލާ މީހުންގެ ތެރެއިން ޓިކެޓް ދޭނެ މީހުން ކަނޑައަޅާނީ ކޮމެޓީއަކުން ކަމަށެވެ.

ޖޭޕީގެ ވިސްނުމަކީ އެޕާޓީގެ މެންބަރުން މަޖުލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އެދުނަސް އެފުރުސަތު ނުދިނުން ބާވައޭ ސުވާލު އުފެދެއެވެ؟

ޖޭޕީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެފައި ވަނީ ‘ކޮންމެ ކޮންމެ’ މީހަކަށް އެޕާޓީގެ ޓިކެޓް ނުލިބޭނެ ކަމަށެވެ. އެޕާޓީގެ ޓިކެޓް ދޭނެ މެންބަރުން ކަނޑައަޅާނެ އުސޫލެއްނެތި މެންބަރުންނަށް އާއްމުކޮށް ހުޅުވާލައ،ި ވަކިބަޔަކަށް ޓިކެޓް ދީ އަނެއްބަޔަކަށް ވައުދު ފުއްދުމުގެ ގޮތުން ތަބަކަކަށް ލާފައި ޓިކެޓް ވެދުން ކުރުމީ ކޮން ކަހަލަ ޑިިކޮކްރަސީ އެއްތޯ ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދައެވެ.

ކޯލިޝަންގައި ހިމެނޭ އެމްޑީޕީން މަޖުލީހުގެ ހުރިހާ ގޮނޑިއަކަށް ހުޅުވާލައި، އަދި ޖޭޕީން އެގޮތަށް އަމަލު ކުރާހެން ހީވުމުން އެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ މަރުހަބާ ކިޔުމުން އަނެއްކާ ޖޭޕީގެ ރާގު މިއަދު ބަދަލުމިވީ ކީއްވެގެން ތޯ ސުވާލު އުފެދެއެވެ.

އެމްޑީޕީން ވެސް ހުޅުވާލީ އެޕާޓީގެ ޓިކެޓަށް އެދޭ މެންބަރުން ހުށަހެޅުމަށެވެ. އެގޮތުން 280 އަށް ވުރެ ގިނަ ކެންޑިޑޭޓުން ހުށަހެޅި އިރުވެސް މަޖުލީހުގެ ހުރިހާ ދާއިރާއެއް ނުހިމެނުނެވެ. އެއްދާރާ އަށް ކުރިމަތިލާނެ މީހަކު ނެތެވެ. ވުމާއެކު އެޕާޓީީން ކުރިމަތިލާން ނިންމީ މަޖުލީހުގެ 86 ދާއިރާއަށެވެ.

ޖޭޕީން ވެސް މަޖުލީހުގެ ދާއިރާތަކުގެ ޓިކެޓަށް ހުޅުވާލުމުން، ކިތަންމެ މަދު ދާއިރާއަކަށް އެޕާޓީގެ މެންބަރުން ކުރިމަތިލާން އެދުނު ކަމުގައި ވިޔަސް އެއީ މައްސަލައެއް ނޫނެވެ. މެންބަރުން ނޭދޭ ދާއިރާތަކުން ވެސް ޕާތީން ބޭނުންނަމަ ކެންޑިޑޭޓުން ސިލެކްޓްކޮށްގެންވެސް ޕާތީގެ ނަމުގައި ނެރުމަކީވެސް މައްސަލައެއް ނޫނެވެ. އެކަމަަކު ކުރިމަތިލާން ހުޅުވާލައި، ކުރިމަތި ލުމަށް ހުޅުވާލި ޝަރުތު ތަކާއެކު ހުށަހެޅުމުން ވެސް ޓިކެޓް ނުދީ، ޕާޓިން ވއެދާއިޜާއަސް ޥާދަ ނުކުރާން ނިންމުމަކީ ކޮންކަހަލަ ކަމަކަށް ވާނެ ބާއެވެ؟

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments