A wide advertisement which will be shown on all devices. (700 x 100)

މަތީ ތައުލީމް ހާސިލް ކުރުމަށް ހިޖުރަކުރާނަމަ ހިޖުރަކުރުމަށް އެންމެ ރަނގަޅީ ފުވައްމުލައް: މޭޔަރ

ފުވައްމުލައް ސިޓީ މޭޔަރ ފަލާހު

ފުވައްމުލައް ސިޓީ އަކީ ދިރިއުޅެން ފަސޭހަ ސޓީީއެއް ކަމަށާއި މަތީ ތައުީޫމް ހާސިލް ކުރުމަށް ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރަން އެދޭ ކޮންމެ ފަރާތްތަކުން ފުވައްމުލައް ސިޓީން އައުމަށް އެސިޓީގެ މޭޔަރ ދައުވަތު ދެއްވައިފިއެވެ. އިސްލާމިކް ޔުނިވާސިޓީގެ ފުވައްމުލަކު ކެމްޕަހެއް ހެދުމަށް އިސްލާމިކް ޔުނިވާސިޓީއާއި އެކު އެއްބަސްވުމެއްގައި ސޮއިކުރމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާ އާއި ވާހަކަދައްކަވަމުން މޭޔަރ އަބްދުﷲ ފަލާޙު ޝަރީފު ވިދާޅުވީ ފުވައްމުލައް ސިޓީގައި ދިރިއުޅޭން ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެސިޓީން މަރުހަބާ ކިޔާނެ ކަމަށެވެ.

“ރާއްޖޭގެ އަތޮޅުތަކުގެެ ތެރެއިން ފުވައްމުލަކަކީ ދިރިއުޅެން ރަނގަޅު، އަދި ކިޔެވުމުގެ ބޭނުމުގައި ވެސް އައިސް، އެބޭނުމުގައި އެތަނަށް ހިޖުރަ ކުރައްވައިގެން ވެސް ދިރިއުޅުއްވަން ފަސޭހަ ރަށެއް. ރާއްޖޭގައި އާއްމުކޮށް ލިބެން ހުރި ސިއްޙީ ނިޒާމަށް ބަލާއިރު ފުވައްމުލަކުގައި ލިބެންހުރި ސިއްޙީ ނިޒާމު ރަނގަޅު. ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އެބަ އޮތް. މިއަދު އެއަރ ޕޯރޓެއް ވެސް އެބައޮތް… ކައިރިގައި އެބަ އޮތް އިންޓަރނޭޝަނަލް އެއަރޕޯރޓެއް ވެސް. އަދި އެހެނިހެން ޚިދުމަތްތައް ވެސް ފުވައްމުލަކުން ލިބެން އެބަހުރި.” މޭޔަރ ވިދަޅުވިއެވެ.

“ރާއްޖޭގެ އެއްވެސް ހިސާބަކުން މަތީ ތައުލީީމު ހޯދުމުގެ ބޭނުމުގައި އެެހެން ހިސާބަކަށް ދާކަމުގައި ވަނީނަމަ … އޮތް އެންމެ ރަނގަލު ފުރުސަތަކީ ފުވައްމުލައް” ކަމަށް ސިޓީ ކައުންސިލްގެ މޭޔަރ ފަލާހް ވިދާޅުވިއެވެ.

އެއްވެސް ދިވެހި ރައްޔިތަކު އެހެން ރަށަކަށް ބަދަލުވާން އެދޭނަމަ ފުވައްމުލައް ޚިޔާރުކުރަންވީ ފުވައްމުލައް ސިޓީ އެ ސިޓީން އެއެންމެހާ ފަރާތްތަކަށް ވެސް ރަނގަޅު މެހުމާންދާރީއެއް އަދާކުރާނެ ކަމަށެވެ.

ފުވައްމުލަކުގެ ތަރައްގީއަށް ޓަކައި ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކުގެ ތެރެއިން އާ ޚިދުމަތްތަކާއި ފުރުސަތުތައް ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށް މޭޔަރ ފަލާޙު ވިދާޅުވިއެވެ. އަދި އެގޮތުން ތައާރަފުކުރެވޭ ހުރިހާ ޚިދުމަތްތަކާއި ފުރުސަތުތަކެއް ވެސް ފުވައްމުލައް ސިޓީއަށް ބަދަލުވާ ރައްޔިތުންނަށް ލިބޭގޮތަށް ހަމަޖައްސަން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ކޮލެޖްތައް ހިންގަމުންގެންދެއެވެ. އަދި އެކޮލެޖްތަކުން ސެޓެފިކެޓް ލެވެލް އިން މާސްޓަރސް ލެވެލާހަމަޔަށް ތަފާތު ކޯސްތައް ހިންގަމުން ގެންދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަޝީދު

    އަޅުގަނޑަކީ ޢާއިލާއި އެކު މާލޭގައި ދިރިއުޅޭ މީހެކެވެ..މިޗުއްޓީގައި އަޅުގަނޑު ފުވައްމުލަކުގައި 15 ވަރަކަށް ދުވަހު މަޑުކޮށްލީމެވެ.އަޅުގަނޑަށް ފެނުނީ މިސިޓީގެ މީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.މިއީ ރައްޖޭގެ އެހެންރަށްރަށުން ނުފެންނަ ރީތި ސިފައެކެވެ. ނަމަވެސް ރަށުގައިރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަ ވެއެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ހަމަ އެކަނި ކައުންސިލަށް ރަނގަޅުކުރޭވޭނެ ކަންކަމެއް ނޫނެވެ.ރަށުގައި ހުރި އެފަދަ ކަންކަން ރަނގަޅުކުރެވޭނީ އެވަގުތަކު އޮންނަ ސަރުކާރަކުން އެހީތެރިކަން ފޯރުކޮށްދީގެންނެވެ.އަދި ރަށަށް ނިސްބަތްވާ ތަނަވަސް ކަމުގެ އަހުލުވެރިންގެ އެއްބާރުލުން ލިބިގެންނެވެ.މިވަގުތު ފުވަައްމުލަކުގައި ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައިވިޔަސް އަތޮޅެއްނުވަތަ ސިޓީއެއްގެ ނިސްބަތުން ސަރުކާރުން މާބޮޑުކަމެއް ކޮށްފައިނުވާކަން ހިތާމަޔާއި އެކު ފާހަގަކުރަމެވެ.

  • ާަަމަރީ

    ކީކޭ ބުނާނީ..

  • މަސީހު

    ކަނޑު ކޮސް ވާހަކަ ދައްކާ މޭޔަރ

  • ޝަފީޢު

    ބޯހިޔާ ވެހިކަން ލިބޭތަ؟

  • ފުވައްމުލަކި މީހާ

    މޭޔަރ ހަމަހޭގަހުރިތޯ ސުވާލުއުފެދޭ ރަށުގެ މަގުތަކުގެހާލަތު ސިއްހީހާލަތު ތައުލީމީހާަލަތު ރަށްގިރުމުގެހާލަތު ސާފުފެންނުލިލިބުމުގެ ހާލަތު މިހެންގޮސްރަށުގައި އުޅޭމީހުން ރަށްދޫކޮށްދާހާލުގައި އޮތްރަށަކަށް ދައުވަތުދޭ އިރު ހަމަސުވާލުއުދޭ މިކޮމެންޓް ޖަހާނެތަ