ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަޔަރ ސެކަންޑަރީ ކްލާސްތަކުގެ ކިޔެވުން އިއްޔެ ފަށަައިފިއެވެ. މިއަހަރު އަލަށް ގްރޭޑް 11 ގައި ކިޔެވުން ފަށާފައި ވަނީ 40 ހަކަށް ދަރިވަރުންނާއެކުގައެވެ. އެއީ ސައިންސް ސްޓްރީމް ކްލާހަކާއި ބިޒިނަސް ސްޓްރީމް ކްލާހެކެވެ. މިއީ ނިސްބަތުން ބަލާއިރު ވަރަށް މަދު މިންވަރެކެވެ.
ޏ.އޭއީސީން ފާއިތުވި އަހަރު 183 ގްރޭޑް 10 ނިންމާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު މިއަހަރު ގްރޭޑް 11ގައި ރަށުގައި މި ކިޔަވަނީ އެއިގެ އެންމެ %21.7 ދަރިވަރުންނެވެ. އެއިގެ ތެރޭގައި ވެސް ފިރިހެން ކުދިންގެ އަދަދު މަދުކަން ފާހަގަވެއެވެ. މީގެ އިތުރުްނ ކޮންމެ އަހަރަކުވެސް ގްރޭދް 10 ނިންމާފައި ބައެއް ބެލެނިވެރިން އޭވެލްއަށް ކިޔެވުމަށް ދަރިވަރުން މާލެ ބަދަލުކުރެއެވެ. އެގޮތުން މިއަހަރު ވެސް ބައެއް ދަރިވަރުން އޭވެލްގައި ކިޔެވުމަށް ވަނީ މާލެ ބަދަލުވެފައެވެ.
ފާއިތުވި އަހަރު ވެސް ޏ.އޭއިސީގައި އޮތީ ގްރޭޑް 11 ގެ ދެ ކްލާހާއި ގްރޭޑް 12 ގެ ދެ ކުލާހެވެ.
5
4
3
2
1
- ރާއްޖޭގައި ބާއްވާ ޖީސީއީ އޯލެވެލް އާއި އޭލެވެލް އިމްތިހާނު އަދި ކެންސަލެއް ނުކުރޭ
- ސްކޫލްތަކުގެ ލިޑީން ޓީޗަރުންގެ ދައުރާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފި
- ޏ.އޭއީސީގެ ގުރުއާން މުބާރާތް އޮންލައިންކޮށް މިއަދު ފަށައިފި
- ޏ.އޭއީސީގެ ފުރަތަމަ ހެޑްމާސްޓަރ މުޖުތަބާ ނިޔާވެއްޖެ
- ޏ.އޭއީސީގެ އޭލެވެލް ކްލާސްތަކަށް ވަނުމަށް ހުޅުވާލައިފި
ޙުށިހައި ކޫދުނމި އެނީ ޒިކުރާ ކޮލެޖްހާަ
ޜަށެން ކޯސްތެއް ހެދެންނަ ހެދީ އެންމެން މި އެނީ ޒިކުރާ ކޮލެޖްހަާ އަދި ޖަވާދު ކޮލެޖްހާ.ކޫދުންނަ އޭލެވެލް އެހައި މުހިއްމެއް ނުން.