A wide advertisement which will be shown on all devices. (700 x 100)

ޕްރައިމަރީން ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭނެ – ސްޕްރީމް ކޯޓު

ގާނޫނުގެ މާއްދާތައް ބާތިލުކޮށް މާނަކުރުމިގެ ބާރު ސުޕުރީމްކޯޓަށް ލިބިގެންވޭ

ޕާޓީތަކުގެ ޕްރަމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް ވެސް އެއިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލައެއް ބަލާ ފައިސަލާ ކުރުމުގެ ގޮތުންނެވެ.

މިއަދުގެ ހުކުމާއެކު ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާ ބާތިލް ކޮށްފަ އެވެ. އެއީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އެ ޕްރައިމަރީއާ ގުޅޭ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނާ މާއްދާއެވެ. އެމާއްދާ ބާތިލުކުރީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި ޚިލާފުކަމަށް ކަނޑައަޅައިގެންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާ، 2013 ވަނަ އަހަރު އިސްލާހުކޮށްފައި ވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތް ކަމުގައި ވިޔަސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި މިފަދަ މީހަކު އިިންތިހާބެއްގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ކެންޑިޑެސީ ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

މިއާއެކު ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިތުރު ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކަމިޝަނުގެ މައްޗަށް އަމުރު ކޮށްފައެވެ. މިހާރު މުއްދަތު ހަމަވެފައިވާ އެފުރުސަތު އަންނަ މާރޗްމަހު 4 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލުމަށް އެއަމުރުގައި ވެއެވެ.

އިންތިޚާބަށް ވާދަކުރާ މުއްދަތު އިތުރު ކުރި ކަމުގައި ވިޔަސްއިންތިާޚބު ބާއްވާ ތާރީީޚަކަށް ބަދަލު ނާންނާނެ ކަމަށް އިލެކްޝަނަސް ކަމިޝަނުން ވަނީ ބުނެފައެވެ.

އާއްމު ވިސްނުމުން ބަލާއިރު ޕްރައިމަރީގައި ވާދަކުރަނީ ޕްރައިމަރީން ބަލިވުމުން އިތުރަށް އެ އިންތިޚާބުގައި ކާމިޔާބު ހޯދާ މީހާއާއެކު އެކު މަސައްކަތް ކުރުމަށް އެއްބަސްވެންނެވެ. ނަމަވެސް ސުޕްރީ މްކޯޓުގެ ޝަރިއާތުގެ މައުލޫމާތުން ފާހަގަ ވެގެން މިދިޔައީ ޕާޓީތަކުގެ ޕްރަމަރީތަކުން ބައެއްގެ އަސާސީ ހައްގުތައް ހަނިކުރުމަށް ގާނޫނުން ކަނޑައާޅަފައިވާ މިންވަރަށް ގެންދާވަރަށް ތަރުތީބުވެ ފުރިހަމަ ވެފައި ނުވާކަމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !