ޕީއެސްއެމް އިން ގެނެސްދޭ މަޖިލިސް ބަހުސް 2019 ގެ ފުވައްމުލަކު ދާއިރާތަކުގެ ބަހުސް ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާ އެކަން ކެންޑިޑޭޓުންނަށް އަންގައިފިއެވެ. ފުވައްމުލަކު ތިން ދާއިރާގެ ތެރެއިން ފުރަތަމަ އޮންނާނީ އުތުރު ދާއިރާގެ ބަހުސެވެ. އުތުރު ދާއިރާގެ ބަހުސު އޮންނާނީ މެންދުރުފަހު 12.30 ގައެވެ. މެދު ދާއިރާގެ ބަހުސް މެންދުރުފަހު 2.30 ގައި ފެށޭއިރު ދެކުނު ދާއިރާގެ ބަހުސް އޮންނާނީ ހަވީރު 4.30 ގައެވެ.
ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ބަހުސް މިމަހު 28ގެ ނިޔަލަށް ނިންމާލެވޭނެކަމަށް ޕީއެސްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
ވޭތުވެ ދިޔަ 17 އަދި 18 ވަނަ މަޖިލިސް އިންތިހާބުގައި ވެސް ދައުލަތުގެ މީޑިއާ އިން ވަނީ ދާއިރާތަކަށް ވާދަ ކުރާ ކެންޑިޑޭޓުންގެ މެދުގައި މަޖިލިސް ބަހުސް ބާއްވައިފަ އެވެ.
+1
+1
ޚިޔާލުތައް