A wide advertisement which will be shown on all devices. (700 x 100)

މަދިރި މަދުކުރުމަށް – ސިޓީ ސާފުކުރުމުގައި ބައިވެރިވެ ލައްވާ!

މަދިރި މަދުކުރުމަށް ހިންގާ ސިޓީ ސާފުކުރުމުގެ ޕްރޮގްރާމް މާދަމާ ފަށަނީ

މަދިރި މަދުކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް މި އޭޕްރީލް މަހު ކުރިޔަށް ގެންދިއުމަށް ފުވައްމުލަކު ހޮސްޕިޓަލާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ހަމަޖައްސައިފިއެވެ. ސާފުކުރުމުގެ މިހަރަކާތުގައި ފުވައްމުލައް ސިޓީގައި ހުރި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާތަކުން ބައިވެރިވެރިވާ ކަމުގެ މައުލުމާތު މިކަލް ނޫހަށް ލިބިފައި ވެއެވެ.

ސިޓީ ސާފުކުރުމުގެ މި ހަރަކާތް އަމާޒު ކުރެވިފިއި ވަނީ މަދިރީީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކަށް އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށާއި މަދިރީގެ ޒަރީއްޔާއިން ބަލިފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށެވެ. ސިޓީީ ސާފުކުރުމުގެ މިހަރަކާތް މި އޭޕްރީލް މަހުގެ ނިޔަލަށް ދެމިގެން ދާނެކަމަށް ވެއެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ އިތުރުން ސިއްޙީ ދާއިރާގެ އެހެން އިދާރާތަކުން ވެސް މިހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މަދިރީގެ މައްސަލައަކީ ފުވައްމުލައް ސިޓީގައި އިންތިހާއަށް ބޮޑު މައްސަލައެކެވެ. އިރު އޮއްސޭގަޑީގައި ވަކިން ޚާއްސަކޮށް މަދިރީގެ އުނދަގޫ ބޮޑެވެ.

ކުރީ ޒަމާނުގައި ނިދާ އެނދުގައި މަދިރިގެ ދަމައިގެން ނިދާ އުޅުނު ކަމުގައި ވިޔަސް މިހާރު މަދިރިގެއެއް ބޭނުމެއް ނުކުރެއެވެ. ބޭރުތެރޭގައި އުޅޭ އިރު މަދިރިން ސަލާމަތް ވުމަށް ކުރިން އެކިއެއްޗެހިން އަންދައި ދުން އަރުވައި ހަދާ އުޅުނެވެ. މިހާރު މަދިރިން ސަލާމަތްވުމަށް މަދިރި ދުންދަނޑިއާއި ކަރަންޓް ރެކެޓް، އަދި ފޮލޮރެސެންޓް ބޮކިފަދަ ތަކެތި ބޭނުންކޮށް އުޅެއެވެ. މީގެ އިތުރން މަދިރި ލޯޝަން ވެސް ބޭނުންކޮށް އުޅެއެވެ.

ކުރީގައި ގެންގުޅުނު އެލެފެންޓް ބްރޭންޑްގެ ކޮއިލް މަދިރި ދުންދަނޑިއަށް ވުރެ މިހާރު ގެންގުޅޭ ރަތްކުލައިގެ ދިގުދުންދަނޑި މާކަމުދާ ކަމަށް ފުވައްމުލަކުގެ މީހުން ބުނެއެވެ.

ސިޓީ ސާފުކުރުމުގެ މިހަރަކާތުގައި ބައިވެރިވުމަށް ފުވައްމުލަކުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށް ވަނީ ދައުވަތު ދީގެން ވަނީ ހުޅުވާލާފައެވެ.

 

ސިޓީ ސާފުކުރުން

13 އޭޕްރީލް 2019، ހެނދުނު 8:00 ން ފެށިގެން

ފަށާ ތަން: ފުވައްމުލައްކު ހޮސްޕިޓަލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !