A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ހެނދުނު

ރަށުތެރެ ސާފުކުރުން 2023 ޖެނުއުަރީ

މިއަދު، 20 ޖެނުއަރީ 2023 ވާ ހުކުރު ދުވަހު ހެނދުނު ފުވައްމުލައް ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ އަންނަ ފެބުރުއަރީ މަހު 5-10 އަށް ފުވައްމުލައް ސިޓީގައި އިންޓާ ސްކޫލް އެތުލެޓިކްސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވާތީ އެ މުބާރާތަށް ރަށުތެރެ ޒީނަތްތެރި ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ކުރިޔަށްގެންދާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެކެވެ.

ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް

ތަން: ރަށުގެ ހުރިހާ އަވަށެއްގެ އެކި ހިސާބުތަކުގައި

ގަޑި: ހެނދުނު 6:30 އިން 10:00 އަށް

ތާރިޚު: 20 ޖެނުއަރީ 2023 ހުކުރު

ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި ސާފުކުރުމުގެ މި ޕްރޮގްރާމް ކުރިޔަށްދާ ވަގުތުގައި ކޮންމެ އަވަށެއްގެ އެކި ހިސާބުތަކުގައި ސާފުކުރާ ޓީމުތަކުން ހަރަކާތްތެރިވަމުން އދާނެއެވެ. މިޓީމުތަކާއި ގޫލިގެން މިހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްުމުކޮށް ހުޅުވާލާފައެވެ. އަދި މިކަމުގައި ގިނަ ބަޔަކު ބަިއވެރިވުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !