A wide advertisement which will be shown on all devices. (700 x 100)

މަގުތަކަށް ޖަމާވެފައިވާ ކުނިބުނިތައް ސިޓީ ކައުންސިލުން ސާފުކޮށްފި

ސިޓީ ކައުންސިލުން މަގުތައ ްސާފު

މި މާރިޗު މަހު 29 ވަނަ ދުވަހު ފުވައްމުުލައް ސިޓީއަށް ކުރި ބޯ ވިއްސާރާގައި ފެންބޮޑުވެ ރަށު އެކި ހިސާބުތަކަށް، ޚާއްސަކޮށް މަގުތަކަށް ޖަމާވެފައިވާ ކުނި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ކޮށް ނިންމާލައިފިއެވެ.

ބޯވާރެއާއެކު ރަށުތެރޭގައި ފެން ބޮޑުވާ ހާލަތްތަކުގައި ރަށުގެ އެކި ހިސާބުތަކުގައި ހުންނަ ކުނިބުނި މަގުތަކަށް ޖާމާވެ ބައެއް ފަހަރު މީހުންނަށް ހިނގާބިގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ދަތިވެ ތަން ހަޑިވެއެވެ. އެގޮތުން މިފަހަރު މަގުތަކަށް ޖަމާވި ކުނިތައް ސިޓީ ކައުންސިލުގެ މުވައްޒަފުން ވަނީ ޖެހިގެންއައި ދުވަހު ނަގާ ތަންތަނާއި މަގުތައް ސާފުކޮށްފައެވެ.

މަގުތަކަށް ވެއްޓިފައިވާ ގަސްތައް ކޮށާއި ނެގުމުގައި އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ މަސައްކަތް ﷲާހަގަކުރެވުނު

މި ވިއްސާރާގައި ގިނަ އަދަދެއްގެ ގެތަކަށް ގެއްލުންވެފައިވެއެވެ. އަދި އާއްމުންވަނީ އެމީހުންގެ ގޯތިތަކަށް ޖަމާވި ކުނި ނަގާ ސާފުކޮށްފައެވެ.

މަގުތަކަށް ވެއްޓިފައިވާ ގަސްތައް ކޮށާއި ނެގުމުގައި އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ މަސައްކަތް ފާހަގަކުރެވުނު

މިހަފުތާ އާދީއްތަ ދުވަހު ބޭއްވި ފުވައްމުލައް ސިޓީ ކައުންސިލްގެ ނޫސް ކޮންފަރެންސްގައި ޑިރެކްޓާ އަހުމަދު މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ރޯދަމާހާއި ދިމާކޮށް ގިނަބަޔަކު ގެތައް ސާފުކުރުމުގެ މަސައްކަތް ކުރާތީ އެގޮތުން އެއްކުރެވޭ ކުނި ކުނި ޖަމާކުރާ މަރުކަޒަށް ގެންގޮސް ދިނުމުގެ އިންތިޒާމު ސިޓީ ކައުންސިލުން މިވަނީ ހަމަޖައްސާދީފައި ކަމަށެވެ. އެގޮތުން ކުނި އެއްކުރެއްވުމަށްފަހު ސިޓީ ކައުންސިލްގެ 7315001 އަށް ވައިބާ މެސެޖެއް ކުރެއްވުމުން ނުވަތަ ގުޅާލެއްވުމުން ކުނި ގެންދިއުމަށް ސިޓޠީ ކައުންސިލްގެ މުވައްޒަފުން ދާނެ ކަމަށެވެ. ނަމަވެސް މިފުރުސަތު ހުޅުވާލާފައިވަނި މިހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާއި ހަމަޔަށް ހަމަޖެހިފައި ވާކަމަށް ވިދާޅުވިއެވެ.

މަގުތަކަށް ވެއްޓިފައިވާ ގަސްތައް ކޮށާއި ނެގުމުގައި އެމްއެންޑީއެފް ފުވައްމުލައް ޓީމުގެ މަސައްކަތް ފާހަގަކުރެވުނު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !