A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި އެޑިއުކޭޝަން ކޮންފަރެންސެއް ބާއްވަން ތައްޔާރުވަނީ

2016ގައި ފުވައްމުލަކުަގައި ބޭއްވި އެޑިއުކޭޝަން ކޮންފަރެންސްގެ އިސްބައިވެރިން- ފޮޓޯ ޑރ. މ.ޝައުގީ

ފުވައްމުލައް ސިޓީގައި އެޑިއުކޭޝަން ކޮންފަރެންސެއް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވާ ތައުލީމީ ދާއިރާގެ އިސް ފަރާތްތަކުން ނިންމާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މީިގެ ކުރިން 2016ގައި ވެސް ފުވައްމުލައް ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ވަނީ އެޑިއުކޭޝަން ކޮންފަރެންސެއް ބާއްވާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 14 އަދި 15 ގަިއ ބޭއްވުމަށް ތައްޔާރުވަމުންދާ ކޮންފަރެންސްގެ ކަންތައްތައް ނިންމުމަށް އިލްމީ ބޭފުޅުންގެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކޮންފަރެންސްގެ ކޮންސެޕްޓް ޕޭޕަރު ތައްޔާރުކުރުމާއި އެކަމާއި ގުޅޭ އެކިކަންކަން ކުރުމަށް އެކޮމެޓީ ބައްދަލުވުންތައް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ވެއެވެ.

2 ވަނަ އެޑިއުކޭޝަން ކޮންފަރެންސެއް ބޭއްވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

މިކޮންފަރެންސާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސިޓީ ކައުންސިލްގެ އިދާރާގައި އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ފުވައްމުލަަގައި ހުންނަ ޓީޗަރ ރިސޯސް ސެންޓަރ (ޓީއާރުސީ) އާއި ސްކޫލްތަކާއި ކޮލެޖުތަކުގެ އިސް ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

މީކުރިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 14-15 އަށް ވެސް ފުވައްމުލަކުގައި ވަނީ އެޑިއުކޭޝަން ކޮންފަރެންސެއް ބާއްވާފައެވެ. އެއީ މިހާތަނަށް ރާއްޖޭގެ އަތޮޅުތެރޭގައި ބޭއްވި ފުރަތަަ އިލްމީ ކޮންފަރެންސެވެ. އެކޮންފަރެންސްގެ މަގުސަދެއް ގޮތުގައި ކަނޑައަޅާފައި ވަނީ ފުވައްމުލައް ސިޓީއަކީ މަތީ ތައުލީމުގެ ހަމަކަށް ހެދުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކޮންފަރެންސްގެ ތީމަކީ “އެޑިއުކޭޝަނލް ޑައިލޮގް ފޯރ ޕްރޮމޯޓިން އއިފެކްޓިވް ކަރިކިއުލަމް އެންޑް ޕެޑަގޮޖީ”އެވެ.

ފުވައްމުލަކުގައި ބޭއްވި ފުރަތަމަ އެޑިއުކޭޝަން ކޮންފަރެންސްގެ ޕޯސްޓަރ – ފޮޓޯ: ސިޓީ ކައުންސިލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަޝީރު

    ބުނަންތަ ޒިއްމާދާރު ވެރިން ތިބިތަނަކައް ތިކައުންސިލް ހެދުމައް ފޯރަމެއް ބާވަން ތައްޔާރު ވުން މާރަޅު

  • ޝިޢާ

    ތިޔަ ކޮންފަރެންސަކީ މިހާރުގެ މޭޔަރަކަށް ހުންނެވި ބޭފުޅާ މެޑަލް ޖައްސަން ކުރާ ކަމެއް. ކުރީގެ ކޮންފަރެންސަކީ އޭނާ ދެ މަގްސަދެއް ހާސިލްކުރަން ބޭއްވި ކަމެއް. ފުރަތަމަ ކަމަކީ ބޯމަތިވެފައި އޮތް އިންތިޚާބު ކާމިޔާބު ކުރުން. ދެވަނަ ކަމަކީ … … ޖަހައިގަތުން. މިދެކަންވެސް ވަރަށް ފުރިހަމައަށް ކާމިޔާބުކުރި. އަދި މިފަހަރުވެސް ތިކަމާ ތިއުޅެނީ އަންނަ އަހަރު ފެށޭއިރު އޮންނަ އިންތިޚާބަށް އޭނާ ފޫގަޅައިގެންފައި ހުރެ އެކަމަށް ކެމްޕެއިނަށް ކުރާ ތައްޔާރީ. ކުރީފަހަރުވެސް އޭނާ ކެމްޕެއިނަށް އެންމެ ބޮޑަށް ބޭނުންކުރީ ތަޢުލީމީ ދާއިރާއަށް ވަރަށް އިސްކަންދޭ ފަރާތެއްކަން ދެއްކުން. އެކަމަކު ހަގީގަތަކީ އޭނާގެ ވެރިކަމުގައި ފުވައްމުލަކުގެ ކަންތައްތައް ބޮއްސުން ލަމުން ދާކަން. މިއީ މުޅި ފުވައްމުލައް ހެކިވާނޭކަމެއް.