A wide advertisement which will be shown on all devices. (700 x 100)

ތިމާވެއްޓާއި ބެހޭ ވަޒީރު ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި

ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ހުސައިން ރަޝީދު ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ އިއްޔެ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ. މިބައްދަލުވުމުގައި ބަންޑާރަ ކިޅީގައި އިމާރާތްކޮށްފައިވާ ހަޓު މަރާމާތު ކުރުމުގެ މަސައްކަތް އީޕީއޭ އިން ހުއްޓުވާފައިވާތީ، އެކަން ނިމުމަކަށް ގެނެސް ކައުންސިލާ ގުޅިގެން މިހަޓު މަރާމާތު ކުރުމާއި މިސިޓީގެ ތުނޑި އާއި ޗަސްބިމުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދުން މަންފާ ހޯދުމަށްޓަކައި ކުރެވިދާނެކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ކުނިއަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މިސިޓީގެ ކުނިކޮށީގައި އިންސިނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކުރެވިފައިކަމުގެ މައުލޫމާތު ތިމާވެއްޓާއި ވަޒީރު ދެއްވިއެވެ.

މީގެ އިތުރުން، ބަންޑާރަ ކިޅީގައި ހުރި ލޮޓަސް ނެގުމުގެ ކަންތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމާ ބެހޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !