ހިއުމަން ރައިޓްސް ކޮމިޝަނުން ފުވައްމުލަކު ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކޮށްފި

އެރ
Share on facebook
Share on twitter
Share on google

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން ފުވައްމުލަކު ސިޓީގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ފޮލޯއަޕް ޒިޔާރަތެއް ކޮށްފިއެވެ. މިޒިޔާރަތް ކުރުން އޮތީ އިއްޔެއެވެ. މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރު އެކޮމިޝަނުގެ ޕްރިވެންޓިވް މެކޭނިޒަމް އިން ފުވައްމުލަކަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ތަންފީޒުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު ޒިޔާރަތެކެވެ. މިޒިޔާރަތުގައި މިސެންޓަރު ހިންގަމުން ގެންދަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ބައިނަލް އަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދީފައިވޭތޯ ބެލުމުގެ އިތުރުން މިމަރުކަޒުގައި އަނިޔާވެރި ލާއިންސާނީ އެއްވެސް އަމެލެއް ހިގާތޯއާއި އެފަދަ އަމަލެއް ހިގުމަށް މަގުފަހިވެދާނެ ކަންތައްތައް ހުރިތޯ ބެލުމާއި އާންމު ހާލަތުވެސް ބެލެވުނު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހާމަކުރެއެވެ.

މިޒަޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ޑިޓްކްސިފިކޭޝަން ސެންޓަރަށާއި ނޭޝަނަލް ޑްރަގް އޭޖެންސީއަށާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯސަލް ސާވިސް އަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރާނެ ކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ.

ޑިޓްކްސިފިކޭޝަން ސެންޓަރުގެ އިތުރުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ޕްރިވެންޓިވް މެކޭނިޒަމް އިން މިދަތުރުގައި ޒިޔާރަތްކުރިއެވެ. ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޯމަދުވަހުގައެވެ.

 

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments