ސިބުކޯގެ ފިހާރައެއް ފުވައްމުލަކުގައި ހުޅުވައިފިއެވެ. މިފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރުގެ ނާއިބު ލިރާރާއި ސިޓީ ކައުންސިލް މެމްބަރު ހަމަދެވެ. ސިބުކޯގެ ފަރާތުން ބައިވެރިވެލެއްވީ އެކުންފުނީގެ މެނޭޖާ ފައިނޭންސް ޝިހާމް މުހައްމަދެވެ.
ސިބުކޯ އަކީ ރާއްޖޭއަށް ގިނަ ބާވަތެއްގެ މުދާ އިމްޕޯޓުކޮށް ޑިސްޓިބިއުޓު ކުރާ ފަރާތެކެވެ. ސިބުކޯ އިން ވިއްކާ މުދަލުގެ ތެރޭގައި އަލްމުދިޝް ކިރާއި ފަލަކު ބްރޭންޑްގެ ބާސްމަތީ ހަޑޫލާއި ގުޑުޑޭ ބްރޭންޑްގެ ކިރާއި ފްރެޝް އެންޑް ސްރޫރު ކިރާއި މަމީ ޕޮކޯ ބްރޭންޑްގެ ނެޕީއާއި ސެލްޕެކް ޕްރިމިއަމް ޓިޝޫ އާއި ޓެޓްލޭ ސައިފަތް ހިމެނެއެވެ.
ފުވައްމުލަކުގައި ހުޅުވުނު ސިބުކޯގެ ފިހާރައަކީ އެކުންފުނިން މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި ފުރަތަމަ ހުޅުވި ފިހާރައެވެ.
މިފިހާރަ ހުންނަނީ މިސްކިތްމަގު ހުސްނުޙީނާ މަގުގެ ލިލީ މިސްކިތާއި އިންވެގެނެވެ.
ސިބުކޯގެ ފިހާރައެއް ފުވައްމުލަކުގައި ހުޅުވުމާއިއެކު ފުވައްމުލަކު ރައްޔިތުންނަށް ގިނަ ގުނަ ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން، ސިބުކޯ އިން އެތެރެކޮށް ވިއްކާ މުދާތައް ފަސޭހަކަމާއިއެކު ފުވައްމުލަކުން ލިބެން ހުންނާނެއެވެ.
ޚިޔާލުތައް