ވަން ބާޒާރު؛ މާލޭގެ ހޯލްސޭލް ވިޔަފާރިއަށް ތަފާތު ފިހާރައެއް

Share on facebook
Share on twitter
Share on google

ރާއްޖެއަށް ތަފާތުއެކި ބްރޭންޑްތަކުގެ މުދާ އެތެރެކޮށް މާކެޓުކުރަމުންދާ ސިބްކޯގެ ފަރާތުން “ވަން ބާޒާރު”ގެ ނަމުގައި ތަފާތު ކޮންސެޕްޓެއްގެ ހޯލްސޭލް މާޓެއް މާލޭގައި ހުޅުވައިފިއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން އިމްޕޯޓްކޮށްފައިވާ ކޮލިޓީ ރަނގަޅު އަދި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފަރާތުއެކި ބާވްތަބާވަތުގެ އެއްފުރާޅެއްގެ ދަށުން އެކަށީގެންވާ ހެޔޮއަގެއްގައި “ވަން ބާޒާރު” އިން ލިބިގެންދާނެކަމަށް ސިބްކޯއިން ހާމަކުރެއެވެ.

އާންމުކޮށް ހުންނަ ހޯލްސޭލް ވިޔަފާރިތަކާއި ޚިލާފަށް ވަން ބާޒާރަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވިޔަފާރިއާ ގުޅޭގޮތަށް ކަސްޓަމަރުން މާޓަށް ޒިޔާރަތްކޮށް ހަރުތައް ބަލައިލާ އެބޭފުޅަކު ޚިޔާރުކުރައްވާ މުދާ ސީދާ އަމިއްލައަށް ނެންގެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ މާޓެކެވެ.

އާއްމު އުސޫލެއްގެ ގޮތުން އިރުއޮއްސުމުން ހޯލްސޭލް ވިޔަފާރިތައް ބަންދުކުރަމުން ދިޔަނަމަވެސް ގަނޑުކޮށް މުދާ ނަންގަވާ ފަރާތްތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރައްވާ ފަރާތްތަކަށް ވަން ބާޒާރުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ވާނެއެވެ. ކާރުބާރު ބޮޑު މާލޭގެ ހޯލްސޭލް ބާޒާރު ސަރަހައްދާއި ދުރުގައި ފާމުދޭރިމަގުގައި، މ. ގްލޯރީ އާގޭގައި ވަން ބާޒާރު ހުޅުވިފައި ހުންނާނީ ހެނދުނު 9 އިން ރޭގަނޑު 9 އަށެވެ. އެއާއެކު ވިޔަފާރީގައި އަވަދިނެތި އުޅުއްވާ ފަރާތްތަކަށް ރޭގަނޑުގެ ވަގުތުވެސް އެތަނަށް ޒިޔާރަތްކޮށް ލުއިފަސޭހަކަމާއެކު ވިޔާފާރިކުރުމުގެ ތަޖުރިބާކޮށްލެވޭނެއެވެ.

ސިބްކޯއަކީ ފުޅާދާއިރާއެއްގައި ފާއިތުވި 5 އަހަރު ތެރޭގައި ރާއްޖޭން ބޭރުން ގިނަ ބާވަތްތަކެއްގެ މުދާ އިމްޕޯޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ ފޮނުވަމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޕްރީމިއަމް ބްރޭންޑްތަކުގެ ތެރޭގައި އަލްމުދިޝް، ފްރެޝް، މަމީޕޮކޯ ޕޭންޓްސް، ޑެޑީ ނޫޑްލްސް، ޑިއުރަސަލް، ފަލަކް، ގުޑްޑޭ، ނެސިއޮނާލް، ސެލްޕަކް، ޓެޓްލީ އަދި ވޮންޑާ ހިމެނެއެވެ.

ސިބްކޯގެ ހޯލްސޭލް ފިހާރަތައް ހުޅުވިފައި ހުންނަނީ މާލެ، ފުވައްމަލައް އަދި އައްޑޫ ސިޓީގައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެކުންފުނީގެ ފަރާތުން ފެމިލީ ގްރޯސަރ ނަމުގައި ޖަނަވަރީ މަގުގައި ޒަމާނީ ސުޕަރމާޓެއް ހުޅުވާފައި ވެއެވެ. ވަން ބާޒާރަކީ އެ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސް ވަނަ ފިހާރައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments