A wide advertisement which will be shown on all devices. (700 x 100)

ސިބުކޯއިން ޑެޑީ ނޫޑްލްސް ތައާރަފުކޮށްފި

ދިވެހި ބާޒާރުގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓް މުދާ އެތެރެކުރާ ސިބްކޯ އިން ޑެޑީ ބްރޭންޑްގެ ނޫޑްލްސް ދިވެހި ބާޒާރަށް ތައާރަފުކޮށްފިއެވެ. ޑޭޑީ ނޫޑްލްސް އަކީ މެލޭޝިއާގެ ސަރަވަކުގެ އުފެއްދުމެކެވެ. ޑެޑީ ބްރޭންޑްގެ ނޫޑްލްސެގެ ދެރަހައެއް ސިބްކޯއިން ދިވެހި ބާޒާރަށް ނެރެފައިވާ ކަމަށް އެކުންފުނީގެ މެނޭޖާރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ހާނީ ނައީމު ވިދާޅުވިއެވެ. އެދެރަހައަކީ 365 ކަރީ ފްލޭވާ (ރަހަ) އާއި ތްރީއިން ވަން ޗިކެން އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ހާނީ ވިދާޅުވީ “ދިވެހިންނަކީ ތަފާތު އެކި ގޮތްގޮތަށް ނޫޑްލްސް ތައްޔާރުކުރާ ބައެއް، ޑެޑީ 365 ކަރީ އަކީ ކުޅި ރަހައެއް އެކުލެވޭ ސޫޕް ނޫޑްލްސް ނުވަތަ ހިކުކޮށް ތައްޔާރުކުރެވޭ ނޫޑްލްސް، އަދި ތްރީ އިން ވަން ޗިކަން އަކީ ހުހަށް ކާލެވޭ ސުޕް ނުވަތަ ހިކިކޮށްވެސް ތައްޔާރުކުރެވޭ ނޫޑްސްއެއް”. ޑެޑީ ނޫޑްލްސް ފުވައްމުލަކު ސިބްކޯ ފިހާރައިން ލިބެން ހުންނާނެކަމަށް ވެސް ހާނީ ވިދާޅުވިއެވެ. ސިބުކޯގެ ފުވައްމުލަކު ފިހާރަ ހުންނަނީ ހުސްނުހީނާ މަގުގެ ލިލީ މިސްކިތާއި އިންވެގެންނެވެ.

ޑެޑީ ނޫޑްލްސް ހޯލްސޭލްކޮށް ސިބްކޯ ބާޒާރުންނާއި ފުވައްމުލަކުން ލިބެން ހުންނައިރު އަންނަ ހަފުތާތެރޭ އައްޑޫއިން ވެސް ލިބެން ހުންނާނެކަމަށްވެސް ސިބްކޯއިން ބުންޏެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !