A wide advertisement which will be shown on all devices. (700 x 100)

ކާމިޔާބު 5 އަހަރާއިއެކު ސިބުކޯ ކުރިއަށް

މީގެ 5 އަހަރު ކުރިން ޖެނުއަރީ 10 ވަނަ ދުވަހު އުފެދުނު ސިބުކޯއިން ތަފާތު އެކި ބާވަތް ބާވަތުގެ ކާނާގެ ސާމާނާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެކިއެކި ސާމާނު ރާއްޖެއަށް އެތެރެކޮށް މާކެޓުކުރުމުގައި ގިނަ ކުރިއެރުންތަކެއް ހޯދައިފިއެވެ. ފާއިތުވި 5 އަހަރުތެރޭ އެ ކުންފުނީގެ ވިޔަފާރި ފުޅާވެ 5 ފިހާރަ މިހާރުވަނީ ހުޅުވާފައެވެ. އަދި 100 އަށްވުރެ ގިނަ މުވައްޒަފުން އެކުންފުނީގައި މިވަގުތު ހަރަކާތްތެރިވަމުންދެއެވެ.

މުޅިދުނިޔެއަށް ކުރިމަތި ސިއްހީ ވަބާކަމަށްވާ ކޯވިޑާއި ގުޅިގެން ގިނަ ވިޔަފާރިތަކަށް ގޮންޖެހުންތައް ކުރިމަތިވިޔަސް ސިބުކޯއިން މިސިއްހި ކާރިސާގައިވެސް އެކުންފުނީގެ ވިޔަފާރިވަނީ ފުޅާކޮށްފައެވެ. ސިބުކޯގެ ވިޔަފާރު ފުޅާވެ ސިބްކޯގެ ސަބުސިޑިއަރީ ކުންފުނި ސިބްކޯ ރީޓެއިލް އިން ވަނީ ފެމިލީ ގްރޯސާގެ ނަމުގައި ސްޕާމާކެޓެއްވަނީ މިސިއްހީ ވަބާގެތެރެގައި ހުޅުވާފައެވެ. މިސްޕާމާކެޓުން ފެންވަރުރަގަޅު ތާޒާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން އާންމުދިރިއުޅުމަށް ބޭނުންވާ ފެންވަރު ރަގަޅު އިތުބާރު ހިފޭ މަރުކާތަކުގެ ތަފާތު މުދާ ލިބެންހުރެއެވެ. މިސްޕާމާކެޓު ހުޅުވިފައި ހުންނަނީ ހެދުނު 8 އިން ރޭގަނޑު 11 އަށެވެ.

ސިބުކޯގެ ވިޔަފާރި ފުޅާކޮށްފައިވަނީ ހަމައެކަނި ރީޓެއިން ވިޔަފާރިއަކަށް ނޫނެވެ. ގަނޑުކޮށް މުދާ ނަންގަވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމުގެ ގޮތުން ސިބުކޯއިން ވަނީ މދިޔައަހަރު ފަހުކޮޅުގައި “ވަންބާޒާރު” ނަމުގައި ފަރީދީމަގުގެ މ.ގްލޯރީއާގޭގައި ހޯލްސޭލް ފިހާރައެއް ހުޅުވާފައެވެ. ހެދުނު 9 އިން ރޭގަނޑު 9އަށް ހުޅުވިފައި ހުންނަ މިފިހާރާގައި ސިބުކޯއިން ވިއްކާ ހުރިހާ މުދަލެއް ލިބެންހުންނާނެއެވެ. އަދި ގަނޑުކޮށް މުދާ ނަންގަވާ ފަރާތްތަކަށް އެމުދާ ފަސޭހައިން ފެންނަގޮތަށް ރެކުތަކުގައި އަތުރާލާފައި ހުންނަ މިފިހާރައަކީ ސިބްކޯއިން ހުޅުވި 5 ވަނަ ފިހާރައެވެ. ވަން ބާޒާރުގެ އިތުރުން ސިބުކޯގެ ފިހާރަތަކަކީ މާލޭގައި ހުންނަ ސިބްކޯ ބާޒާރާއި އެބާޒާރުގެ ފުވައްމުލަކާއި، އައްޑޫ ބްރާންޗުގެ އިތުރުން މާލޭގައި ހުންނަ ފެމިލީ ގްރޯސާއެވެ.

މުޅި ދުނިޔެއަށް ކުރިމަތި ސިއްހީ ކާރިސާއާއި ގުޅިގެން ގިނަ ވިޔަފާރިތަކުން މުވައްޒަފުން މަދުކޮށް މުސާރައަށް ބަދަލު ގެނައިނަމަވެސް، ސިބުކޯއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް އުނިކަމެއް ނުގެއެވެ. އަދި މިކާރިސާއާއި ގުޅިގެން އެއްވެސް މުވައްޒަފެއް މަދުކޮށްފައިނުވާއިރު މިކާރިސާގައިވެސް ސިބްކޯއިން މުވައްޒަފުން ވަނީ އިތުރުކޮށްފައެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ޑެޑީ ބްރޭންޑްގެ ނޫޑްލްސް، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !