ފިޒާ ބާސްމަތީ ހަނޑުލުގެ ޕްރޮމޯޝަނެއް ސިބްކޯއިން ފަށައިފި

Share on facebook
Share on twitter
Share on google

ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކޮށް މާކެޓުކުރާ ސިބްކޯއިން ފިޒާ ބާސްމަތީ ހަނޑުލުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިޕްރޮމޯޝަނުގައި ފިޒާ ބާސްމަތީ ހަނޑުލުގެ 20 ކިލޯގެ ހަނޑޫ ބަސްތާގެ ކޮންމެ ތިން ބަސްތާއަކުން 1 ބަސްތާ ހިލޭ ލިބޭނެކަމަށް އެކުންފުނިން ބުންޏެވެ.

މިޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާކުރައްވަމުން ސިބްކޯގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް، މެނޭޖަރ އަޙްމަދު ހާނީ ނަޢީމު ވިދާޅުވީ “ފިޒާ ބްރޭންޑްގެ 20 ކިލޯ ބަސްތާގެ ބާސްމަތީ ހަނޑުލަކީ ކޭޓަރިންގެ ޚިދުމަތްދެއްވާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ބްރޭންޑެއް. އަދި ކެފޭ، ރެސްޓޯރެންޓްތަކާއި ރިޒޯޓް ސްޓާފް ކެންޓީނުތަކަށް އަދި ބައެއް ފިހާރަތަކުން ކިލޯ ކިރައިގެން ވިއްކަމުންދާ ހަނޑުލެއް”. މި ޕްރޮމޯޝަނަށްވެސް ކަސްޓަމަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރާކަމަށް ހާނީ ވިދާޅިވިއެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްޓޮކް ހުސްވަންދެން ކަމަށްވެސް ސިބްކޯއިން ހާމަކުރެއެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އަދި ދާދި ފަހުންވަނީ ޕާކިސްތާނު، ޕޯޗުގަލް އާއި ތުރުކީވިލާތުގެ އައު ބްރޭންޑްގެ މުދާތައް ތަޢާރަފްކޮށްފައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments