ޏ. ފުވައްމުލަކު އަތޮޅާއި ސ. އައްޑު އަތޮޅު ބައިއޮސްފެއަރ ރިޒާވަކަށް ހެދުމަށް ހުށަހަޅަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފި

ފުވައްމުލަކުން ހިމާޔަތްކުރުމަށް ފާހަނގަ ކުރި ސަރަހައްދުތައް.
1
Share on facebook
Share on twitter
Share on google

ޏ.ފުވައްމުލަކު އަތޮޅާއި ސ. އައްޑު އަތޮޅު ރައްޖޭގެ ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހެދުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މިކަމަށް ކަނޑައޅުއްވީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖުލީހުގެ ޖަލްސާގައި ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ހުށަހެޅި މިކަމާއި ގުޅޭ ކަރުދާހަށް މަޝަވަރާ ކުރެއްވުމަށް ފަހުގައެވެ.

ފުވައްމުލަކާއި އައްޑު އަތޮޅަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަވެއެވެ.

މިޙާރުވެސް ފުވައްމުލައް ސިޓީގެ ތިން ސަރަހައްދެއް ކަމަށްވާ ބަނޑާރަ ކިޅި ސަރަހައްދާއި ދަޑިމަގު ކިޅި ސަރަހައްދާއި ތޫނޑުގެ ބައެއް ވަނީ ސަރުކާރުްނ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައާޅފައެވެ. ފުވައމްުކުގައި ހިމާޔަތް ކުރާނެ ސަރަހައްދުތަކާއި ގުޅެ ގޮތުްނ ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިން ބާއްވާފައި ވެއެވެ.
ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ފުވައްމުލައް ހަމަޖެހުމުން، ރަށުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުވުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ވެއެވެ.

ބަޔޮސްފިޔަރ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް 3 ބަޔަކަށް ބަހާފައި ވެއެވެ. އެއީ ކޯ އޭރިޔާ، ބަފަރޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments