A wide advertisement which will be shown on all devices. (700 x 100)

ފަރިކެޑެ ހިމާޔަތްކުރުން އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފި

ކެޑެމޫލެ ފަރޮ ހިމާޔަތްކުރުން ވަޒީރުންގެ މަޖލީހުން ނިންމީ 4 ފެބުރުއަރީ 2020ގައި

ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ، ‘ރަށިކެޑެ ފަރޮ’ ނުވަތަ ފަރިކެޑެ ހިމާތަޔްކުރުމަށް މިއަހަރު ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަސް އަމލުކުރަން އިއްޔެިއން ފެށިގެން ފަށާފައިވާކަމަސް ތިބާވެއްޓާއި ބެހޭ މިނިނސްޓްރީ އިން އިއުލާން ކުރައްވައިފިއެވެ. އެއާއެކު ފުވައްމުލަކު ފަރިކެޑެ ސަރަހައްދަށް ރައްޖޭގައި ހިމާޔަތް ކޯސްފައިވާ ތަންތަނާއި ބެހޭ ގާނޫނާއި ގަދާއިދުގެ ދަށުން އަމަލުކުރެވެން ފަށާނެއެވެ.

ފަރިކެޑެ ސަރަހައްދު ހިމާޔަތް ވެގެން މިދިޔައީ އެސަރަހައްދު ހިމާޔަތްކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތިމާވެއްޓާއި ބެހޭ މިނިސްޓްރީއަށް ހުށަހަޅައި އަދި ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ވަޒީރުންގެ މަޖުލީހަށް ކަރުދާހެއް ހުށަހަޅައިގެން ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ، 22 ޖުލައި 2020ގައި ކުރި އިއުލާނުގައި ވާގޮތުން ފަރިކެޑެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާގޮތުގެ މަތިން ކަމަށެވެ.

ފަރިކެޑަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމުން، އިމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ދެން އެ ސަރަހައްދަށް ނަގިލިލުން މަނާކުރެވިގެން ދިޔައީއެވެ.

ރަށިކެޑެ ފަރު ނުވަތަ ‘ކެޑެމޫލެ ފަރޮ’ އަކީ އެކިބާވަތުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެގޮތުން އެސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތެރޭގައި މުޅި ދުނިޔޭގައި ވެސް މަދުން ފެންނަ ‘ނަގުލް މޭރެ’ ނުވަތަ ކަނޑި މިޔަރު (ތްރެޝާ ޝާކް), ‘ބީޑިބޮލް މޭރެ’ ނުވަތަ ކާލިގަނޑު މިޔަރު (ހެމާހެޑް ޝާރކް) އަދި ފެމުނު (ޓައިގާ ޝާރކް)، ފާނަ މިޔަރު, އެންމަޑި، އަދި ފެހުރިހި (ވޭލް ޝާކް) ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމަށް ސަރުކާރުން މިވަނީ ނިންމަވާފައެވެ.

ޓައިގަރ ޝާކު ބެލުމަށް ޑައިވީނަށް ދާން ފުވައްމުލައް

މިސަރަހައްދުން  ދޫނިސޫފަސޫފި ހިފުމާއި ނެގުމާއި، މެރުން އަދި ވެލި، މުރަކަ، އަކިރި ނެގުމާއި، ކުނި އެޅުމާއި، އެކުއަކަލްޗާ / މެރިކަލްޗާގެ އެއްވެސް މަސައްކަތެއް ކުރުން ވެސް  މއާއެކު މަނާވެގެން ދިޔައީއެވެ.

ފަރިކެޑެ ސަރަހައްދަށް އެއްވެސް ބާވަތެއްގެ ދިރުމެއް އަލަށް ތައާރަފްކުރުމާއި، ބިން ހިއްކުމާއި، ފަޅު ފުންކުރުމާއި ރޭގަނޑު ދިއްލައިގެން މަސް ތިލަ ކުރުން ފަދަ ކަންކަން ކުރުން ވެސް މަނާވީ އެވެ.

އެހެނަމަވެސް ކަނޑައެޅިފައިިވާ އުސޫލެއްގެ ދަށުން ހާއްސަ ހުއްދައަކާ އެކު ފަޅާއި ފަރަށް، އާންމުން އަދި ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭނެއެވެ. އަދި މަހަށް ކާން އެޅުމާއި ދިރާސާ ކުރުން ފަދަ ކަންކަން މިސަރަހައްދުގައި ކުރެވޭނެ އެވެ.

މިފަރަކީ މަސްވެރިކަމުގެ އިތުރުން ފަރުތުވެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެއް ކަމުން މިތަން ހިމާޔަތްކުރުމަށް ފުވައްމުލަކުގައި ވެސް ތަފާތު މަސައްކަތް ތަކެއް ކުރެވިފައިވެ އެވެ.

ޜަށިކެޑެ ސަރހައްދު- ގޫގުްލް ސްޓްރީޓް ވިއު، މުނާޙު އަހުމަދު

ރައްޔިތުންނަށް މަންފާވާގޮތަށް ‘ފަރިކެޑެ’ ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖުލީހުން ނިންމަވައިފި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !