A wide advertisement which will be shown on all devices. (700 x 100)

ޙިމާޔަތްކޮށްފައިވާ ޗަސްބިންތަކުގައި ގަވާއިދާއި ޚިލާފަށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅުއަޅަނީ

ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ކަނޑައެޅި ފުވައްމުލައް 3 ސަރަހައްދު. 28 އޮކްޓޯބަރު 2020

ފުވައްމުލަައް ސިޓީގައި ޙިމާޔަތްކޮށްފައިވާ ޗަސްބިންތަކުގައި ގަވާއިދާއި ޚިލާފަށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށް އަންގައި ފިއެވެ. އެގޮތުން މި ސެޕްޓެމްބަރު މަހު 6 ވަނަ ދުވަހުން ފެށިގެން އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިއުކޮށް އަންގާފައި ވެއެވެ.

ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މިކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުގައި ގަވާއިދާއި ޚިލާފު އެއްވެސްކަމެއް ކުރާނަމަ، ފުވައްމުލަކު ނޭޗަރ ޕާކު އޮފީހުގެ ފޯން 7590059 އަށް ރަސްމީ ގަޑީގައި ގުޅައިގެން ރިޕޯޓް ކުރުމަށް އެދިފައިވެއެވެ.

ފުވައްމުލަކު ޗަކަބިން ސަރަހައްދުގައި ރޯވެފައިވާ އަލިފާން ނިންވުމުގެ މަސައްކަތުގައި

ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ޤާނޫނު ނަމްބަރު: 93/4) ގެ ދަށުން ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މިކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުތަކަކީ ޙިމާޔަތްކޮށްފައިވާ ތަންތަނެވެ. އަދި އެޤާނޫނުގެ ދަށުން ހަދާފައިވާ ފުވައްމުލަކު ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަމްބަރ: 2018/R-106) އާއި ޚިލާފަށް ބައެއްފަރާތްތަކުން ދަނޑުވެރިން ކުރަމުންދާކަން ފާހަނގަކުރެވިފައި ވާކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެއެވެ.

އެގޮތުން ސިޓީކައުންސިލުުން ފާނހަގަ ކޮށްފައިވާ ބައެއްކަންކަމަކީ:

– ހުއްދަ ނުހޯދާ ބައެއް ފަރާތްތަކުން އައު ދަނޑުތައް ހެދުން

– ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ދަނޑުތައް ބޮޑުކުރުން

– ބައެއް ދަނޑުވެރިން ގަވާއިދާއި ޚިލާފަށް ދަނޑުތަކުގައި އަލިފާން ރޯކުރުން

– ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ވިނަ އާއި ބޮޑެތި ގަސްގަހާގެހި، ކޮށައި/ކަނޑައި/އަންދާ ނުވަތަ އެހެންވެސް ގޮތްގޮތަށް، މެރުން

– ހުއްދަ ހޯދުމަކާއި ނުލައި ގިނަ އަދަދަކަށް ކުނިއަޅައިގެން ޗަސްބިން ސަރަހައްދު ބެރުން

– އަލަ އޮޅު ބަރައިގެން ރުއް، ދޮންކެޔޮ ފަދަ އެހެނިހެން ގަސްތައް އިންދުން

ފުވައްމުލަކު އަލަދަނޑު ވަށައިގެން އޮންނަ ‘ފީށި’ އެއްގައި ދިރިއުޅޭ އާއިލާއެއް

މީގެއިތުރުން  ބައެއް މީހުން ކުރިން ގެންގުޅެފައިވާ އަލައޮޅުތަކާއި މިހާރު ގެންގުޅެމުންދާ އަލަ އޮޅުތައް ބަރައިގެން އެހެން ޒާތެއްގެ އެއްވެސް ގަހެއް ނުއިންދުމަށް އަންގައެވެ. އަދި އެގޮތުން އިންދާފައި (ޖަހާފައި) ވާ ގަސްތަކާއި، ފުވައްމުލަކުގައި ޙިމާޔަތްކޮށްފައިވާ ޗަސްބިންތަކުގެ ތެރޭގައި ހުއްދަ ނުހޯދާ ހައްދާފައިވާ ގަސްގަހާގެއްސާއި އަޅާފައިވާ ކުނިބުނި ސެޕްޓެމްބަރު 18 (2021) ވަނަ ދުވަހުގެ ކުރިން ނެގުމަށް ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައި ވެއެވެ.

އެތާރީޚްގެ ފަހުން، އިތުރު އެއްވެސް އެންގުމަކާއި ނުލައި އެފަދަ ގަހާއި ކުނި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ފަރާތުން ނަގަމުންދާނެ ކަމަށް އާއްމުކޮށް އަންގާފައި ވެއެވެ.

ފުވައްމުލަކު ޗަސްބިން ސަރަހައްދުގައި ވާ ފެންގަނޑަކުން މަސްބާނަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !