A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ޑައިވަރު، ނަޝީދު-ލޮނު ފެހުރިއްސެއް ސަލާމަތްކޮށްފި

ނަޝީދު-ލޮނު ވޭލްޝާކުގައި މަޅިޖެހިފައިވާ ވާގަނޑު ކުރިކުރަނީ. އަދި ވޭލްޝާކް މަޅިންސަޅާމަތްވެގެން އަޑިއަށް ދަނީ

ފުވައްމުލައް ސިޓީގައި ޑައިވިންގެ މަސައްކަތް ކޮށްއުޅޭ ފުވައްމުލަކު ޑައިވްޕޮއިންޓްގެ ފައުންޑަރ އަހުމަދު ނަޝީދު (ލޮނު) ޅަ ފެހުރިއްސެއް ނުވަތަ ވޭލް ޝާކެއް އިއްޔެ ސަލާމަތްކޮށްފިއެވެ.

މިއަދު ނަޝީދު-ލޮނުގެ ފޭސްބުކް ޕޭޖަށް އަޕްލޯޑުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ފުވައްމުލަކު ފެރިކެޑެ ސަރަހައްދުގެ އަޑިން ފެނުނު ޅަ ވޭލް ޝާކެއްގައި އޮޅިފައިވާ ވާގަނޑު ވަޅިއަކުން ބުރިކޮށް އޭތި ސަލާމަތްކޮށް ދީފައި ވެއެވެ.

އެވީޑިއޯއާއެކު ނަޝީދު ކުރި ޕޯސްޓްގައި ބުނެފައި ވަނީ، އިއްޔެ އެމީހުން ޑައިވީނަސް ދާން ދޯނީގައި ނިކުމެ ތައްޔާރުވާން އުޅެނިކޮށް އެމީހުންގެ ދޯނި ކައިރިއަށް އެ ޅަ ފެހުރިހި އައީ ކަމަށެވެ. އަދި އޭރު އޭތި ގައިގައި ވާގަނޑަކާއެކު ޕްލާސްޓިކް ބައިތަކެއް އޮޅިފައި ހުރިކަމަށެވެ. އެ ވޭލްޝާކް އުޅުނު ގޮތުން އެއަށް ޖެހިފައިވާ ތަކުލީފު އެނގި ލަސްނުކޮށް ވަގުތުން އޭނާއާއި ބައިވެރިއަކު ކަނޑަށް ފުންމާލައި އޭތި ސަލާމަތް ކުރުމުގެ މަސައްކަތް ފެށީކަމަށެވެ. އެގޮތުން ފީނައިގެން ފެހުރިއްސާއި ހަމަޔަށް ގޮސް އެ އެތީގެ މެދުން ބުރަކަށީގެ ފިޔަގަނޑު ކަނޑައިގެންދާ ވަރަށް ބާރުވެފައި ހުރި ވާފަށް ދޫކޮށް އެވާފަށް ބުރި ކުރީ ކަމަށެވެ.

ހޯމް ސްޓޭ ޓްވަރިޒަމްގެ ލުއިފޮތް ނެރުމުގެ ރަސްމިއްޔަތުގައި ލޮނު އަދި އިބްރާހިމް ރަޝީދު (އައިސީ)

ވައިފުޅި ނައަޅައި އަދި ވެޓްސޫޓް ނުލާހުރުމުން މާގިނައިރަކު އަޑީގައި އޮވެވޭގޮތް ނުވުމުން، އެންމެ މަޅި-ބާރުވެފައި ހުރި ވާފަށް ބުރިކޮށް ވަކިކުރުމަށްފަހު މައްޗަށް އެރީ ކަމަށެވެ. އޭރު އަދި އޭތި ގައިން މުޅިވާފަށް އެއްކޮށް ނުނެއްޓޭ ކަމަށެވެ. އަދި ވީޑޯއަށްވުރެ ފަހުން، އަލުން ވަޅި ހިފައިގެން ދެންހުރި ވާތައް ބުރިކުރުމަށާއި އޭތިގައި ނެއްޓުމަށް އަޑިއަށް ދިޔައިރު ފެހުރިހި އެހިސާބުން ފެންނާކަށް ނެތްކަމަށެވެ. އެ އެއްޗަށް ލިބުނު ލުޔާއެކު ނުފެންނަ ފުންމިނަށް އަޑިއަށް ގޮސް ގެއްލުނީ ކަމަށެވެ. އަދި އެއިގެ ފަހުން އެތައް ގަޑިއިރެއް ވަންދެން އޭތި ފެނެތޯ އެހިސާބު ހޯދިކަމަށާއި ނަމަވެސް ފަހުން ނުފެނުނު ކަމަށެވެ.

ފެހުރިހި ސަލާމަތްކުރާ ވީޑިއޯ

މިކަލް ނޫހާއި ވާހަކަ ދައްކަމުން ނަޝީދު-ލޮނު ބުނީ އެވޭލްޝާކާއި ދިމާވީ އިއްޔެ ހެނދުނު 9:00 އެހާކަށްހާއިރު ކަމަށާއި އެ އެތީގައި މަޅިބާރުވެފައި ހުރި ވާގަނޑު ބުރިކުުރމުގެ މަސައްކަތް ކުރީ 10 ވަރަކަށް މީޓަރުގެ އަޑީގައި ކަމަށެވެ. މިއަދު ވެސް 3 ގަޑިއެއް ހާއިރު އޭތި ފެނޭތޯ އެހިސާބު ހޯދާ ބެލިކަމަށެވެ. ނަމަވެސް ފެންނަ ގޮތެއް ނުވި ކަމަށެވެ. ނަޝީދު ޔަގީންކަމާއެކު ބުނީ އޭތީގެ ގައިގައި އެލިފައިހުރި ވާތައް އޭތި ދުވަމުންދާއިރު ނެއްޓި ވަކިވެގެން ދާނެކެ ކަމަށެވެ. ވުމާއެކު ބެލެވެނީ އެވޭލް ޝާކްގައި އެލިފައިވާ ވާގަނޑުން މިހާރު އެތި އެއްކޮށް ސަލާމަތްވެފައި ވާނެކަމަށެވެ.

ނަޝީދު-ލޮނު ވޭލްޝާކުގައި މަޅިޖެހިފައިވާ ވާގަނޑު ކުރިކުރަނީ

ފުވައްމުލައް ޓައިގާ ޝާކް ޑައިވްގެ ފައުންޑަރ، އޭނާގެ ޕޯސްޓްގައި އިތުރަށް ލިޔެފައިވާ ގޮތުގައި މިފަދަ ހާދިސާތައް ދިމާވަނީ ކަނޑަށް އުކާލެވޭ ޕްލާސްޓިކާއި މަހުގެ ބާވަތްތައްކަށް އޮންނަ ޑިމާންޑް ބޮޑުވުމުން އެހިފުމަށް ކުރާ މަސައްކަތުގެ ތެރޭގައި ދޫކޮށްލާ ވާތަކާއި އަދި ދޫވެގެންދާ ދާ ފަދަ ހަލާކުކުރުވަނިވި ކުނީގެ ބާވަތްތަކުގެ ސަބަބުންކަމަށެވެ. އެއީ ކަނޑުގެ ދިރުންތަކަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. ނަޝީދު އެދިފައި ވަނީ ޕްލާސްޓިކާއި މަހުގެ ބާވަތްތައް ބޭނުންކުރުން މަދުކޮށް، ކަނޑުގެ ބާވައްތައް ގެއްލުންދޭ ބާވައްތައް ކަނޑަށް އެއްކޮށް ދޫކޮށް ނުލުމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !