ދުނިޔޭގެ ކަނޑުތަކުގެ ދުވާހާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުންމިއަދު ވެބިނާއެއް ބާއްވަނީ

ކަބޑުތަކުގެ ދުވާހާި ގުޅިގެން މިއަދު ބާއްވާ
Share on facebook
Share on twitter
Share on google

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބާއްވާ ވެބިނާ އަކަށް ދައުވަތު ހުޅުވާލައިފިއެވެ. މިވެބިނާ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

“ނޫ ދުނިޔެ” ނަމުގައި ބާއްވާ މިވެބިނާ އޮންލައިންކޮށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު، 8 ޖޫން 2021 ދުވަހުގެ ހަވީރު 4:00 ގައެވެ.

މި ވެބިނާ އިންތިޒާމުކުރަނީ ފުވައްމުލައް ނޭޗާ ޕާކާއި އެންވަޔަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެންނެވެ.

ފުވައްމުލަކު ނޭޗާ ޕާކް ފުވައްމުލައް ސިޓީ ކައުންލާއި ހަވާލުކުރުން 8 ޖޫން 2021

މިއަދުގެ މިސެމިނާގައި މޭޔަރު އިސްމާއީލު ރަފީގާއި، އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓާ އައިޝަތު ފަރުހަތު އަލީ އާއި ޑައިވް ޕޮއިންޓް ފުވައްމުލައް އިން މެނޭޖާ މުހައްމަދު ސައީދު އާއި ކެޔޮޅުންގެ ތެރެއިން ނޫރާނީ ދޯނީގެ ހަބީބު އިބްރާހިމް ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވެއެވެ.

ބައްދަލުވުން ކުރިއަށް ދަނީ…

މި ހަފުތާގައި ފުވައްމުލައް ނޭޗާ ޕާކް ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ހަވާލްކޮށްފައެވެ. މީގެ އިތުރުން ޔުނެސްކޯ ބަޔޮސްފިޔާ ރިޒާރވްގެ މެނޭޖްމެންޓް ޕްލޭން ތައްޔާރުކުރުމާއި ގުޅޭ ގޮތުން އެންވަޔަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އޮފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް އެންވަޔަރ މެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއިއެކުމަޝްވަރާ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެއެވެ.

ފުވައްމުލަކު ނޭޗާ ޕާކް ފުވައްމުލައް ސިޓީ ކައުންލާއި ހަވާލުކުރުން 8 ޖޫން 2021

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މާކަނޑުތަކުގެ ހާލަތާއި، ގެއްލުން ކުޑަކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ޕާލޭ މޯލްޑިވްސް އިން ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މިއަދު ބޭއްވި ހާއްސަ ‘ޕާލޭ ޓޯކް’ ސެޝަނެއްގައި ވެސް ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމެޓީއިން ބައިވެރިވެފައި ވެއެވެ.

ޕާލޭ ޓޯލް – ކަނޑުގެ ދިރުންތަކާއި ބެހޭ މައުލުމާތު ދިނުމުގެ ބައްދަލުވުން

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments