A wide advertisement which will be shown on all devices. (700 x 100)

ރަށު ތަރައްގީގެ ޕްލޭނާއި މަސައްކަތު ތާވަލު ހުށަހަޅާފައިވަނީ ސިޓީތަކުގެ ތެރެއިން ފުވައްމުލަކުން އެކަނި

ފުވައްމުލައް ސިޓީ ކައުންސިލުގައި ހިމެނޭ 3 މެންބަރުން

ލާމަރުކަޒީ ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ރަށު ތަރައްގީ އާއި ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ހުށަހަޅާފައިވަނީ ސިޓީ ތަކުގެ ތެރެއިން ފުވައްމުލަކު ސިޓީއިން އެކަންޏެވެ.

ފުވައްމުލަކު ސިޓީގެ އިތުރުން 97 ރަށު ކައުންސިލާއި، 11 އަތޮޅު ކައުންސިލަކުންވެސް ރަށޫގެ ތަރައްގީގެ ޕްލޭނާއި މަސައްކަތު ޝެޑިއުލް މިދޔަ އޮގަސްޓްގެ ނިޔަލަށް ހުށަހެޅިއެވެ. މި ކައުންސިލްތަކުގެ ތެރެއިން ގާނޫނުގައި ބުނާ ސުންގަޑި ކަމަށްވާ ޖުލައި 31 ގެނިޔަލަށް ޕްލޭނާއި މަސައްކަތު ޝެޑިއުލް ހުށަހެޅީ 97 ރަށު ކައުންސިލުން އެކަންޏެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގފެ 108 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރަށު ތަރައްގީގެ ޕްލޭން ބިނާކޮށް ކުރިއަށް އޮތްއަހަރުގެ މަސައްކަތު ތާވަލް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުން ހުށަހަޅަންޖެހެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !