ފުވައްމުލައް ސިޓީ ކައުންސިލްގެ ވެބްސައިޓް އަދާއިހަމަކޮށް އަލުން ނެރެފިއެވެ. އަލަށްނެރިފައިވާ ފުވައްމުލައް ސިޓީގެ ވެބްސައިޓް ވަނީ އެކި ކެޓަގަރީތަކަށް ބަހާލައި ރައްޔިތުންނާއި އެހެން ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ހިމަނާނެ ބައިތައް ވަނީ ގާއިމުކޮށްފައެވެ.
މިވެބްސައިޓްގައި ކައުނސިލްގެ ޒިންމާތަކުގެތެރޭގައި ހިމެނޭ ކަމަކާއި ގުޅޭ ގޮތުން އޮންލައިންކޮށް މައްސަލަ ހުށެހެޅޭގޮތަށް ޚާއްސަ ބަޓަނެއް ހޯމްޕޭޖުގެ ތިރީގައި ހަިމަނާފައިވެއެވެ.
އަދާހަމަކުރި ވެބްސައތްގައި ވާ ބައިތަކުގެ ތެރޭގައި:
ކައުންސިލް: މިބައިގަިއވަނީ ފުވައްމުލައް ސިޓީ ކައުންސިލުން ދޭ 21 ޚިދުމަތެއްގެ ޚިދުމަތްތަކުގެ ލިންކްތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ކައުންސިލްގެ ބާރުތަކާއި ކައުންސިލް އުފެދިގެން އައިގޮތާއި ސިޓީ ކައުންސިލގެ މެންބަރުންގެ ފޮޓޯއާއި މަގާމުގެ ހައިސިއްޔަތު ހިމަނާފައި ވެއެވެ.

ފވމ ސިޓީ ކައުންސިލް ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް.
ޚަބަރު: މިބައިގައި ސިޓީ ކައުންސިލާއި ސީދާ ގުޅުހުން ހުރި ޚަބަރު ހިމަނާފައި ވެއެވެ.
އިއުލާން: އާއްމު އިއުލާން ތައް ރައްޔިތުންނާިއ ހައިސާކުރުމަށް
ރައްތިތުންގެ އަޑު: މިބައިގައި ރައްޔިތުން އެމީހުންގެ ފޭސްބުކް އެކައުންޓްމެދުވެރިކޮށް ލޮގިން ވެގެން ޚިޔާލުފށޅުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ.
ފުވައްމުލައް: ފުވައްމުލަކުގެ ސްލޯގަންއެއްގެ ގޮތުން ބޭނުންކުރާ “ދުނިޔޭގެ އެންމެ އުފާވެރި މަންޒިލަށް މަރުހަބާ” މިސްލޮގަނ އާއެކު ފުވައްމުލަކާއި ބެހޭ ކުރު މައުލޫމާތު ކޮޅަކާއި ބައެއް ތަފާސް ހިސާބު ހިމަނާފައިވެއެވެ. އެގޮތުން މިހާރު ފުވައްމުލައް ސިޓީގެ އާބާދީ އަކީ 13037 ކަމަށާއި ގޭބިސިގެ އަދަދކީ 2226 ކަމަށާއި ފުވައްމުލަކުގައި ހިންގާ ވިޔަފާރިތަކުގެ އަދަދަކީ 494 ކަމަށް ވެއެވެ.
ޑައުންލޯޑްސް: މިބައިގައި ސިޓީ ކައުންސިލް މެދުވެރިކޮށް ޚިދުމަތައް އެދޭ އެކިއެކި ފޯމުތައް ހިމަނާފައިވެއެވެ. އެގޮތުން، ފުވައްމުލައް، ޓްރާންސްޕޯރޓް، ވިޔަފާރި، ރަޖިސްޓްރޭޝަން، މުނިސިޕަލް، ވިޔަފާރިއާއި ގުޅޭ، ފުވައްމުލަކުގެ އިޖުތިމާއީ މަރުކަޒު، ގޯތިގެދޮރާއި ގުޅޭ ލިންކެއް ހިމަނާފައިެވއެވެ.

ފުވައްމުލައް ސިޓީގެ ވެބްސައިޓް އަލުން ނެރެފި
ދެން ހިމެނެނީ ފޮޓޯ ގެލަރީ އެކެެވެ.
މިވެބްސައިޓް އަދި ރަސްމީކޮށް ހުޅުވާލި ކަން އެނގޭކަށް ނެތެވެ. މިއީ އަދި އަޖުމަބެލުމުގެ ގޮތުން ހުޅުވާލި ހުޅުވާލުމެއް ކަމަށް ބެލެވެއެވެ.
ފުވައްމުލައް ސިޓީ ވެބްސައޓް ލިންކް
ޚިޔާލުތައް