މިސްކިތްމަގުގެ ބޮޑު ބަޔަކުން ކަރަންޓް ޚިދުމަތް މެދުކަނޑާލަނީ

ހައިބްރިޑް ޕަވަރ ޕްލާންޓެއްގެ ފީޒިބިލިޓީ ސްޓަޑީޒްގެ މަޝްވަރާ ފެނަކަ-ފުވައްމުލައް އިން ކުރަނީ
Share on facebook
Share on twitter
Share on google

މިސްކިތްމަގުގެ އަވަށުގެ ބޮޑުބަޔަކުން މާދަމާ، 8 ޑިސެމްބަރު 2019 ވާ ބުދަ ދުވަހު ހެނދުނު 8:30 ން 11:30 އަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފުވައްމުލައް-ފެނަކައިން ހާމަކޮށްފިއެވެ.

އެކުންފުނިން ހާމަކުރި ގޮތުގައި ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވެނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މިސްކިތްމަގު ބުލޫވިލާ ފާރުގައި ހަރުކޮށްފައިވާ ޑިސްޓްރިބިއުޝަން ފޮށި ބަދަލުކުރުމުގެ މަސައްކަތެއް ކުރުމަށް ޓަކައެވެ.

ފެނަކަ-ފުވައްމުލަކުން އަންނަނީ ފުވައްމުލައް ސިޓީގެ ކަރަންޓްގެ ޚަދުމަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް އިތުބާރުކުރެވޭ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އިތުރު އައު އިންޖީނެއް ވެސް ގެނެސްފައެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި ފެނަކަ ފުވައްމުލައް އިން  ފުވައްމުލައް ސިޓީގައި ހައިބްރިޑް ޕަވަރ ޕްލާންޓެއް ގާއިމުކުރުމާއި ގުޅޭ ގޮތުން ހަދާ ފީސިބިލިޓި ސްޓަޑީއެއްގެ މަޝްވަރާ  ބޭރުގެ ފަރާތަކާއެކު ކޮށްފއި ވެއެވެ.

ފުވައްމުލައް ސިޓީ އަށް ބޭނުންވާ ކަރަންޓްގެ ޚިދުމަތް ފުޅާކުުރުމަށް އައު އިންޖީނުގެއެއް ރަށިކެޑެ ސަރަހައްދުގައި ހެދުމަށް ޕްލޭންކުރެވިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

މި ޑެސްމބަރު މަހު ކުރީ ކޮޅު ފެނަކަ- ފުވައްމުލައް އިން ވަނީ ރަށުެގ ކޮންމެ ޑޮމެސްޓިކް ކަރަންޓް މީޓަރަކަށް ލެދް ލައިޓް ބަހާފައެވެ. އެއީ އެންމެޔަރމެނތް މިނިސްޓރީން އާއްމު ރައްޔިތުންނަށް ބެހުމަށް ހަވާލުކުރި ލެޑް ލައިޓް ތަކެކެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments