އަންނަ އާދީއްތަ ވާ 12 ޖެނުއަރީ 2020 ގައި ދިރާސީ އަހަރުގެ ކިޔެވުން ފެށޭނެއެވެ. އެޑިއުކޭޝަން މިނިސްޓރީން ކަނޑައަޅާފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން އަންނަ އާދީއްތާގައި ފަށާނެއެވެ. އެގޮތުްނ ފުވައްމުލައް ސިޓީގައި ހުންނަ ސަރުކާރުގެ 4 ސްކޫލުގެ ކިޔެވުން ތާވަލް ކުރެވިފައިވާ ގޮތްތައް އެ ސްކޫލްތަކުން މިހާރު ވަނީ އާއްމުކޮށްފައެވެ.
ދިރާސީ އާއަހަރު ފެށޭއިރު ފުވައްމުލައް ސިޓީގައި ހިމެނޭ އެންމެ ގިނަ ކުދިން ތިބި ސްކޫލް ކަމަށްވާ ހޭޒްގެ ޕްރިްނސިޕަލަކު ނެތް ކަމުގެ ޝަކުވާ ބެލެނިވެރިން ކުރަމުން އާދެއެވެ. އެސްކޫލް ހިންގުމާއި ހަވާލުވެ ހުރި ޕްރިންސިޕަލް ވަނީ މާލޭގައި އަލަށްހުޅުވާ ސްކޫލުގެ ޕްރިންސިޕަލްކަމާއި ހަވާލުވެފައެވެ.
ސްކޫލްކުދިންގެ ފޮތްތައް ފާއިތުވި އަހަރު ނިމުނުއިރު ސްކޫލުން ވަނީ ދަރިވަރުންނަށް ދޫކޮށްފައެވެ. ވުމާއެކު ސްކޫލް ހުޅުވެންވާއިރަށް ފޮތް ނުލިބުމުގެ މައްސަލައިގެ ޝަކުވާތަކެއް މިއަހަރަކު ނީވެއެވެ.
މި ދިރާސީ އަހަރުގެ ކިޔެވުމަށް ތާވަލް ކުރެވިފައި ވަނީ ޖުމްލަ 198 ދުވަހެވެ. އެއީ ފުރަތމަ ޓާމްގައި 90 ދުވަހާއި ދެވަނަ ޓާމްގައި 108 ދުވަހެވެ. ފުރަތމަ ޓާމްގެ ކިޔެވުން 12 ޖެނުއަރީ 2020 ގައި ފަށާފައި މެދު ޗުއްޓީއަށް ބަންދު ކުރަނީ 21 މޭ ގައެވެ. އަދި ދެވަނަ ޓާމް ފަށާނީ 14 ޖޫންގައެވެ. އަހަރުގެ ކިޔެވުން ނިންމައި ސްކޫލަތައް ބޮޑު ޗުއްޓީއަށް ބަންދުކުރަނީ 3 ޑިސެމްބަރުގައެވެ.
ކުރިން އަހަރުގެ މެދު ޗުއްޓީގައި 1 ހަފުތާ ބަންދުވިޔަސް އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ވަނީ ބޮޑު ޗުއްޓީގެ ބައެއް މެދު ޗުއްޓީ ތެރެއަށްލައި 2-3 ހަފުތާއަށް މެދުޗުއްޓީ ދިގުކޮށް، 5 ހަފުތާއަށް އަހަރުގެ ފަހު ޗުއްޓީ ބަދަކުލޮށްފައެވެ. 2021 ގައި ސްކޫލް ހުޅުވޭނީ 10 ޖެނުއަރީގައެވެ.
އެގޮތުން ފުވައްމުލައް ސިޓީގައި ކުރީގެ 3 ޕްރަމަރީ ސްކޫލުގައި ވެސް 2 ދަންފަޅިއަށް ނުވަތަ 3 ދަންފަޅިއަކަށް ކިޔެވުން ތާވަލް ކޮށްފައި ވެއެވެ. ނަމަވެސް ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވުން ތާވަލް ކޮށްފައިވަނީ އެއްދަންފަޅިއަށެވެ.
މި ސްރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ވެސް އެއްދަންފަޅިއަށް ބަދަލުކުރުމެވެ. އެގޮތުން މިއަހަރުތެރޭ ހާފިޒް އަހުމަދު ސްކޫލާއި އެމްޖޭއެސްގައި އަލަށް އިމާރާތް ކުރާ ކްލާސްރޫމްތަކުގެ ބޭނުންކުރަން ފެށިގެން ނޫނީ ފުވައްމުލައް ސިޓީގެ ހުރިހާ ސްކޫލެއްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިގެނެއް ނުދާނެއެވެ.
މިއަހަރު ވެސް ސްކޫލްތަކުގެ ކިޔެން ފެށުމަށް ހަމަޖެހިފައި ވަނީ އާއްމުގޮތެއްގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ހެނދުނު 6:45 ގައި އަދި މެންދުރު ފަހު ދަންފަޅި 12:30 އެހާކަށްހާއިރުއެވެ. އާއްމު ތާވަލާއި ފުރަތަމަ ދުވަހުގެ ވަގުތުތައް ތަފާތެވެ.
އެމްޖޭއެސްގެ ކިޔެވުން ތާވަލް ކުރެވިފައި ވަނީ
ގްރޭޑް 9، 10 ހެނދުނު 6:45 އިން 12:50
ގްރޭޑް 7، 8 ހެނދުނު 6:45 އިން 12:15
ގްރޭޑް 2 އަދި 6 ހެނދުނު 6:45 އިން 11:40
ޔޫކޭޖީ ކްލާސްްތައް ހެނދުނު 6:45 އިން 10:00
އެލްކޭޖީ ކްލާސްްތައް ހެނދުނު 10:30 އިން 1:30
ގްރޭޑް 1،3،4،5 މެންދުރު 12:55 އިން ހަވީރު 5:50 އެވެ.
ސްކޫލް ފުރަތަމަ ދުވަހު (12 ޖެނުއަރީ)
ގްރޭޑް 6-10އަށް އަދި ގްރޭޑް 2 ހެނދުނު 6:45 އިން 8:30
ޔޫކޭޖީ ކްލާސްްތައް ހެނދުނު 6:45 އިން 8:30
އެލްކޭޖީ ކްލާސްްތައް ހެނދުނު 10:30 އިން 12:00
ގްރޭޑް 1،3،4،5 މެންދުރު 12:55 އިން ހަވީރު 3:30 އެވެ.
ހޭޒްގެ ކިޔެވުން ތާވަލް ކުރެވިފައި ވަނީ:
ގްރޭޑް 7 – 10އަށް ހެނދުނު 6:50 އިން 12:20
ގްރޭޑް 5، 6 ހެނދުނު 6:45 އިން 11:40
ރެއިންބޯ ޔުނިޓް: ހެންދުނު 6:50 އިން ފަށާގޮތަށް
ގްރޭޑް 1-4 އަށް މެންދުރު 12:30 އިން ހަވީރު 5:10
ޔޫކޭޖީ ކްލާސްްތައް މެންދުރު 11:15 އިން 2:15
އެލްކޭޖީ ކްލާސްްތައް މެންދުރު ފަހު 2:30 އިން 5:30
ސްކޫލް ފުރަތަމަ ދުވަހު (12 ޖެނުއަރީ)
ގްރޭޑް 5-10އަށް ހެނދުނު 7:15 އިން 9:15
ރެއިންބޯ ޔުނިޓް ހެނދުނު 7:15 އިން 9:15
ގްރޭޑް1-4އަށް މެންދުރު 12:30 އިން 2:30އަށް
ފައުނޑޭޝަން ސްޓޭޖް މެންދުރު 11:10 އިން 12:30އަށް
ފުވައްމުލަކު ސްކޫލް
ގްރޭޑް 8 – 10އަށް ހެނދުނު 6:50 އިން 12:45
ގްރޭޑް 4، 6، 7 ހެނދުނު 6:50 އިން 11:35
ޔޫކޭޖީ އަދި އެލްކޭޖީ ކްލާސްްތައް ހެނދުނު 6:50 އިން 10:15
ގްރޭޑް 1، 2، 3 އަދި 5 މެންދުރު 12:30 އިން ހަވީރު 5:00
ސްކޫލް ފުރަތަމަ ދުވަހު (12 ޖެނުއަރީ)
ގްރޭޑް 6 – 10އަށް އަދި ގްރޭޑް 4 ހެނދުނު 6:50 އިން 9:30
ޔޫކޭޖީ އަދި އެލްކޭޖީ ކްލާސްްތައް ހެނދުނު 6:50 އިން 9:30
ގްރޭޑް 1، 2، 3 އަދި 5 މެންދުރު 12:30 އިން މެދުރުފަހު 3:10
ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)
ގްރޭޑް 9، 10 އަދި 11 ހެނދުނު 7:00 އިން 2:05 އަށް
ގްރޭޑް 7،8 (އާދީއްތަ ފިޔަވައި) ހެނދުނު 6:00 އިން 1:30 އަށް
ގްރޭޑް 7،8 (އާދިއްތަ) ހެނދުނު 8:05 އިން 2:30 އަށް
ބީޓެކް 9ޑީ އަދި 10ޑީ ކްލާސްްތައް ހެނދުނު 8:05 އިން 12:10
ސްކޫލް ފުރަތަމަ ދުވަހު (12 ޖެނުއަރީ)
ހުރިހާ ދަރިވަރުން ހާޒިރުވާން ޖެހެނީ ހެނދުނު 8:45އަށް އަދި ނިމޭނީ 10؛30 ގައެވެ.
5
4
3
2
1
- ފުވައްމުލައް ސިޓީގެ ސްކޫލްތައް މާދަމާ އަލުން ހުޅުވަން ތައްޔާރުވެއްޖެ
- ހޭޒްގެ ޑެޕިއުޓީ ޕްރިންސިޕަލް ޏ.އޭއީސީ އަށް ބަދަލުކޮށް
- ތިން އެމްޕީއިން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރައްވައިފި
- އެމްޖޭއެސްގެ 2019 ވަނަ އަހަރުގެ އެވޯޑިން ހަފުލާ ބާއްވައިފި
- ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ފުވައްމުލައް ސިޓީގެ ކިޅީ ސަރހައްދު ހަދަނީ