ފުވައްމުލައް ސިޓީގައި އަލަށް ތާރު އަޅާ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލްކުރުމާއި ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން މޯލްޑިވްސް ޕޮލިސް އާއިއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ކުރިއަށްދިޔަ މިބައްދަލުވުމު ގައި މިހާރު ތާރު އަޅާ ނިމިފައިވާ މަގުތަކާއި، އަލަށް ތާރު އެޅުމަށް ހަމަޖެހިފައިވާ މަގުތަކުގައި ސްޕީޑް ބްރޭކް ބަހައްޓާނެ ގޮތްތަކާއި މަގުގައި ޓްރެފިކް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ މަގުތަކުގައި މިހާރު ދިމާވާ އެކިކަހަލަ ޓްރެފިކް މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު އަދި ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. ފޮލިސްގެ ފަރާތުން މި ބައްދަލުވުމުގައި ޓްރެފިކް ޕޮލިސް ޔުނިޓްގެ އެންމެ އިސްވެރިޔާ އަހުމަދު މުހައްމަދު އަދި ފުވައްމުލައް ޕޮލިސް ގެ އިންޗަރޖް މޫސާ ލަތީފް ބައިވެރިވެވަޑައިގަތެވެ.
ފުވައްމުލައް ސިޓީ ޕޮލިސްއިން ފުވައްމުލަކުގެ މަގުތަކުގެ ޓްރެފިކް މޮނީޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
ޚިޔާލުތައް