މާދަމާ އެމްޑީޕީ ޕްރައިމަަރީގެ ވޯޓުލުން ބާއްވަނީ

ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީ ޕްރަމަރީަގައި ވާދަކުރާ ކެންޑިޑޭޓުން
Share on facebook
Share on twitter
Share on google

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މާދަމާ މުޅި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. އެގޮތުން ފުވައްމުލައް ސިޓީގެ ހުރިހާ ދާއިރާއެއްގައި ވެސް މާދަމާ އިންތިޚާބު ބޭއްވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއިންތިޚާބުގައި ފުވައްމުލައް ސިޓީގެ އެމްޑީޕީ މެމްބަރުން  ވޯޓުލުމަށް ހަމަޖެހިފައި ވަނީ މާލޭގައި، އިސްކަންދަރު ސްކޫލުގައި ބެހެއްޓޭ ވޯޓު ފޮށްޓަކަށާއި ފުވައްމުލައް ސިޓީގެ ކޮންމެ ދާއިރާއެއްގައި ބަހައްޓާ ވޯޓު ފޮށިތަކަކަށެވެ. ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ 31 ޖެނުއަރީ 2020 ވާ ހުކުރު ދުވަހު މެދުރުފަހުު 2:30 އިން އިރުއޮއްސި 7:30 އަށެވެ.

އެތެރޭގެ މިއިންތިޚާބުގައި ފުވައްމުލައް ސިޓީ އިން ވެސް 15 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ ފުވައްމުލައް ސިޓީ މޭޔަރުކަމަށް ކުރިތަމލާ 4 ކެންޑިޑޭޓުންނާއި 6 ދާއިރާއަށް ކުރިމަތިލާ 11 ކެންޑިޑޭޓުންނެވެ. ފުވައްމުލައް ސިޓީ ދާއިރާ 1، އަންހެނުންނަށް ޚާއްސަ ކުރެވުނު މި ދާއިރާއަށް ކުރިމަތިލާފައި ވަނީ އެންމެ ކެންޑިޑޭޓެެއް ކަމުން އެދާއިރާގައި ދާއިރާ ވޯޓު ނެގުމެއް ނޯންނާނެ ކަމަށް އެމްޑީޕީން ވަނީ އިއުލާންކޮށް ފައެވެ. އެދާއިރާގައި އޮންނާނީ ހަމައެކަނީ  މޭޔަރުގެ ވޯޓު ނެގުމެވެ.

ފުވައްމުލައް ސިޓީގައި ހުރިޙާ ވޯޓު ފޮށިތަކެއްގެ އޯވަރއޯލް އިންޗާރޖް އަކީ ހުސޭން ޝާފީ ކަމަށް އެޕާޓީގެ އޮފިޝަލުކު ހާމަކުރިއެވެ. އަދި މާލެއިން ފުވައްމުލައް ސިޓީގެ ފޮށީގެ އިސްރފަރާތަކީ ގަސަމް އެވެ. ފުވައްމުލައް ސިޓީގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ:

ފުވައްމުލައް ސިޓީ 1: އެމްޖޭ ސްކޫލް – މިފޮށީގެ އިސްފަރާތަކީ އަހުމަދު ނިޖާހު އެވެ.

މިދާއިރާގައި ހިމެނެނީ ދަޑިމަގު އަވަށުން ބޮޑު ބަޔަކާއި ދިގުވާނޑު އަވަށުން ބަޔެކެވެ. އަންހެނުންނަށް ޚާއްސަ މިދާއިރާގެ އެމްޑީޕީ ޕްރައިމްރީ އަށް ކުރިމަތިލީ ދިގުވާޑު ބީޗުވޭ އާމިނަތު ސައުސަން އެކަންޏެެވެ. ވުމާއެކު އޭނާއަށް މިދާއިރާގައި އެމްޑީޕީ ޓިކެޓް ވަނީ ލިބިފައެވެ. މިދާއިރާއަކީ ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް އޮންނަ ދާއިރާއަކަށް ވުމުން އެމްޑީޕީގެ މެމްބަރުގެ ޝައުގުވެރިކަން މިދާއިރާއަށް ކުޑަކަމަށް ބެލެވެއެވެ. މިދާއިރާގައި މާދަމާ އޮންނާނީ މުޅި ރަށުން ހޮވާ މޭޔަރުގެ ޕްރައިމަރީގެ ވޯޯޓުލުން އެކަންޏެވެ.

ފުވައްމުލައް ސިޓީ އުތުރު ދާއިރާތަކުގެ ސިޓީ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީ ޓީކެޓަށް ޕްރަމަރީަގައި ވާދަކުރާ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ 2: އެމްޑީޕީީ ހޯދަޑު ހަރުގެ – މިފޮށީގެ އިސްފަރާތަކީ އަޝްރަފު ނޫމާން އެވެ.

މިދާއިރާގައި ހިމެނެނީ ހޯދަޑު އަވަށާއި ދަޑިމަގު އަވަށުން ބަޔެކެވެ. މިދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލާފައި ވަނީ ހޯދަޑު އަވަށުގެ 2 ކެންޑިިޑޭޓުން ނެެވެ. އެއީ:

 1. އަންވަރު އިބްރާހިމް ދީދީ، މައިޒާންދޮށުގެ/ ހޯދަޑު
 2. އަބްދުﷲ ނާސިރު،  ނިޔާޒު / ހޯދަޑު

މިދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރާނެ ކަމަށް ފޭސްބުކް ޕޮލްއިން ދައްކަނީ ކުރިން ވެސް ހޯދަޑުު ކައުންސިލްގެ ރައީސްކަން ކޮށްފައިވާ އަބްދުﷲ ނާސިރެވެ.

 

ފުވައްމުލައް ސިޓީ 3: އެމްޑީޕީީ މާދަޑު ހަރުގެ – މިފޮށީގެ އިސްފަރާތަކީ އަސްލަމު ރަޝީދު އެވެ.

މިދާއިރާގައި ހިމެނެނީ މާދަޑު އަވަށާއި ދިގުވާޑު އަވަށުން ބަޔަކާއި މިސްކިތްމަގު އަވަށުން ބަޔެކެވެ. މިދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލާފައި ވަނީ މާދަޑު އަވަށުގެ އަންހެން ކެންޑިޑޭޓަކާއި ފިރިހެން ކެނޑިިޑޭޓެކެވެ. އެއީ:

 1. މުހައްމަދު ފިކުރީ، ހޯސްޓް / މާދަޑު
 2. މަރްޔަމް ޝިއުނާ ޝީޝާ /މާދަޑު

ފޭސްބުކް ޕޮލްއިން ދައްކާ ގޮތުން މިދާއިރާގެ ޕްރައިމަރީ ގެ ނަތީޖާ އުޅެނީ ވަރަށް ކައިރީގައެވެ. ނަމަވެސް ޖުމްލަ 186 މީހުން ވޯޓު ދީގެން %51 އިން ކުރީގައި އުޅެނީ ޝިއުނާއެވެ.

 

ފުވައްމުލައް ސިޓީ 4: ބިލަބޮންގް -ފުވައްމުލައް ސްކޫލުގައި – މިފޮށީގެ އިސްފަރާތަކީ ހުސެއިން ނާސިހު އެވެ.

އަންހެނުންނަށް ޚާއްސަ ކުރެވުނު މިދާއިރާގައި ހިމެނެނީ ފުނާޑު އަވަށާއި މިސްކިތްމަގު އަވަށުން ބަޔެކެވެ. މިދާއިރާގެ ޕްރަމަރީގައި ވާދަކުރަނީ ފުނާޑު އަވަށުގެ 2 ކެންޑިޑޭޓުންނެވެ. އެއީ:

 1. އާމިނަތު ޝަބީނާ ޝާކިރު، ގަދަގެ /ފުނާޑު
 2. އާމިނަތު އިނާޔާ، ރަތަމަލާނާ /ފުނާޑު

ފޭސްބުކް ޕޮލްއިން ދައްކާ ގޮތުން މިދާއިރާގެ ޕްރައިމަރީ ގެ ނަތީޖާ ވަނީ އެއްވަރެވެ. އެއީ ޖުމްލަ 58 މީހުންގެ ވޯޓުންނެވެ.

 

ފުވައްމުލައް ސިޓީ 5: އެމްޑީޕީީ މެދު ދާއިރާ ހަރުގެ – މިފޮށީގެ އިސްފަރާތަކީ މުޖުތަބާ އަބްދުﷲ އެވެ.

މިދާއިރާގައި ހިމެނެނީ މާލެގަމު އަވަށާއި މިސްކިތްމަގު އަވަށުން ބަޔެކެވެ. މިދާއިރާގެ ޕްރަމަރީގައި މިސްކިތްމަގު އަވަށުން ވާދަކުރަނީ މިހާރުުގެ ޑެޕިއުޓީ މޭޔަރެވެ. އަދި މާލެގަމު އަވަށުން ކުރީގެ މާލެގަމު އަވަށު ކައުންސިލްގެ ރައީސް އާއި ދެ އަވަށުގެ 2 ކެންޑިޑޭޓުންނެވެ. މިދާއިރާގެ ކެންޑިޑޭޓުންނަކީ؛

 1. އަލީ ސައީދު، ޝޭޑީރެސްޓް / މާލެގަން
 2. މުހައްމަދު ޟިރާރު، މާކޯޅި /މިސްކިތްމަގު އެވެ.

ފޭސްބްކް ޕޮލްއިން މިދާއިރާގައި ކުރީގައި އުޅެނީ އަލީ ސައީދުއެވެ. އެއީ ޖުމްލަ 46 މީހުންގެ ވޯޓުންނެވެ.

ފުވައްމުލައް ސިޓީ ދެކުނު ދާއިރާތަކުގެ ސިޓީ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީ ޓީކެޓަށް ޕްރަމަރީަގައި ވާދަކުރާ ކެންޑިޑޭޓުން

ފުވައްމުލައް ސިޓީ 6: އެމްޑީޕީީ ދޫނޑިގަމު ހަރުގެ – މިފޮށީގެ އިސްފަރާތަކީ މުހައްމަދު މުސްތަފާ އެވެ.

މިދާއިރާގައި ހިމެނެނީ ދޫނޑިގަމު އަވަށް އެކަންޏެވެ. އަދި މިދާއިރާގެ ދެ ކެންޑިޑޭޓުންނަކީ ވެސް ދޫނޑިގަމުއަވަށުގެ ދެ ކެންޑިޑެޓުންނެވެ. އެއީ:

 1. އިބްރާހިމް މުހައްމަދު، ގާކެނޑިގެ/ ދޫނޑިގަމް
 2. އަބްްދުﷲ އާދިލް، ރޯމާގެ /ދޫނޑިގަމް

ފޭސްބްކް ޕޮލްއިން މިދާއިރާގައި ކުރީގައި އުޅެނީ ކުރިން ދޫނޑިގަމު ކައުންސިލް މެބަރުކަން ކޮށްފައިވާ އިބްރާހިމް މުހައްމަދު އެވެ.

No Article rating
0 Reviews
 1. 5
 2. 4
 3. 3
 4. 2
 5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments