A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް ޕްރަމަރީގެ ވޯޓުލުން މިއަދު ހަވީރު ބާއްވާނީ

ޕީޕީއެމް ޕްރަމަރީގައި ފުވައްމުލައް ސިޓީގެ ކެންޑިޑޭޓުން

މިއަދު 7 ފެބުރުއަރީ 2020 ވާ ހުކުރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ޕްރަމަރީ ބޭއްވުމަށް ތައްޔާރުވަމުން ބަދެއެވެ. ރާއްޖޭގެ ސިޔާސީ ގޮތުން 2 ވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ޕްރަމަރީ ބޭއްވުމުގެ ކަންތައްތައް ކުރިަޔށްދާއިރު ވޯޓަރސް ލިސްޓްތަކުގައި މައްސަލަ ދިމާވެގެން މިއަދު ހަވީރުވެސް ފުވައްމުލައް ސިޓީގެ ވޯޓަރސް ލިސްޓް އާއްމު ކުރެވިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ޕްރައިމަރީގެ ވޯޓުލުން ބޭއއްވުމަށް ކަނޑައޅާފައިވަނީ މެންދުރު ފަހު 2:30 އިން އިރުއޮއްސި 6:00 އަށެވެ. ފުވައްމުލައް ސިޓީ ދާއިރާ 1 (ދަޑިމަގު/ދިގުވާނޑު)ގެ ވޯޓު ފޮށި ބަހައްޓަނީ ދަޑިމަގު ޕީޕީއެމް ޖަގަހައިގައެވެ. އަދި ފުވައްމުލައް ސިޓީ 2 (ހޯދަޑު/ދަޑިމަގު) ގެ ވޯޓު ފޮށި ބަހައްޓަނީ އުލާ ޕްރީ ސްކޫލްގައެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ދަރުބާރުގޭގައެވެ.

ޕީޕީއިން އިން ފުވައްމުލަކުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނުގެ ފުރިހަމަ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ. ޕީޕީއެމް ވެބްސައިޓުން އިންތިޚާބާއި ބެހޭ ލިންގައެއް ހުރިކަމުގައި ވިޔަސް އެއްވެސް މައުލޫމާތެއް ލިބޭކަށް ނެތެވެ.

ޕީޕީއެމް ވެބްސައިޓް

ލޯކަލް ކައުންސިލް އިންތިޚާބުގެ ފުވައްމުލަކުގެ 6 ދާއިރާގެ ތެރެއިން ޕީޕިއެމް ޕްރަމަރީ ބާއްވަން ޖެހެނީ 3 ދާއިރާއެއްގައި ޕީޕީއެމުން ވާދަކުރާ ކައުންސިލް މެމްބަރުން ހޮވުމަށްކަމަށް މައުލޫމާތު ލިބެއެވެ. އެއީ ފުވައްމުލައް ސިޓީ އިރު އުތުރު (ހޯދަޑު/ދަޑިމަގު) ދާއިރާ އާއި ހުޅަނގު ދެކުނު ދާއިރާ އާއި އިރު ދެކުނު ދާއިރާއެވެ.

އެހެންނަމަވެސް މޭޔަރުގެ ޓިކެޓަށް ވާދަކުރާ ކެންޑިޭޓަކު ހޮވުމަށް ހުރިހާ ދާއިރާއެއްގައި ވެސް ވޯޓުނެގުން ބާއްވާނެ ކަމަށް ވެއެވެ.

ޕީޕީއެމް ޕްރަމަރީގައި ފުވައްމުލައް ސިޓީ މޭޔަރު ކަމަށް ވާދަކުރާ 2 ކެންޑިޑޭޓުން ނާއި އުތުރު ދާއިރާތަކުގެ ކެންޑިޑޭޓުން

ޕީޕީއެމް ޕްރަމރި ބާއްވާ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަކީ

ސިޓީގެ މޭޔަރުކަމުގެ ޓިކެޓަށް:

  1. އަލީ ފަޒާދު، – މިސްކިތްމަގު
  2. ތޯރިގު އަހުމަދު – ދަޑިމަގު

ފުވައްމުލައް ސިޓީ އިރު އުތުރު (ހޯދަޑު/ދަޑިމަގު) ދާއިރާ

  1. މުހައްމަދު ޝުޖާޢު، ކުވޭތު/ހޯދަޑު
  2. އަބްދުﷲ ހަބީބު، ބެސްޓް /ހޯދަޑު
  3. ހަސަން އަބްދުﷲ، ކާމިނީގެ/ހޯދަޑު

ފުވައްމުލައް ސިޓީ ހުޅަނގު ދެކުނު (މިސްކިތްމަގު/ފުނާޑު) ދާއިރާ

  1. އާމިނަތު ޖީޒާ -ފުނާޑު
  2. ޚަދީޖާ ނާފިއާ – ފުނާޑު

ފުވައްމުލައް ސިޓީ އިރު ދެކުނު (ދޫނޑިގަން) ދާއިރާ

  1. އަބްދުﷲ އަހުމަދު (ކަޅުފެހި) – ދޫނޑިގަން
  2. އަހުމަދު ޝަރީފު – ދޫނޑިގަން

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ޕްރަމަރީގަިއ ވާދަކުރާ ފވމ ދެކުނުގެ ކެންޑިޑޭޓުން

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !