ހާފިޒު އަހުމަދު ސްކޫލު (ހޭޒް)ގެ ފުޑްފެއާ އަންނަ ހޮނިހިރު (29 ފެބްރުއަރީ 2020) ގައި މާނޭރެ އަތިރީގައި ބާއްވަން ތައްޔާރު ވެއްޖެއެވެ.
މިފަހަރުގެ ފުޑް ފެއާ ބާއްވަނީ ސްކޫލުން ބޭރުގައި މެންދުރު ކެއުމުގެ ވަގުތާއި ދިމާވާގޮތަށެވެ. އެގޮތުން ފުޑްފެއާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރު ކުރީ 11:00 އިން ފެށިގެން މެންދުރު ފަހު 3:00 އަށެވެ.
ހޭޒްގެ ޕީޓީއޭއިން އިންތިޒާމުކުރާ މި ފުޑު ފެއާގައި ތަފާތު ބާއްވަތްތަކުގެ ކާނާ ލިބެން ހުންނާނެކަމަށް ވެއެވެ. އެގޮތުން ބިރިޔާނިއާއި ސްޕެގަޓީ، މޮންގޯލިއަން ރައީސް، ނާސި ގޯރެން، ފްރައިޑް ނޫޑުލްސްގެ އިތުރުން ދިވެހި ބައެއް ބާވަތްތަކުގެ ކެއުންތައް ވެސް ލިބެން ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.
ދިވެހި ކެއުމުގެ ބާއްވަތްތަކުގެ ތެރޭގައި ކެއޮފުއްކިރި، މާޅޮސް ކޭލު ކަނދި ހިމެނެއެވެ. ޕީޓީއޭގެ ފުޑްފެއަރ އަކީ އެޖަމްއިއްޔާގެ ހަރަކާތްތަކަށް ފަންޑް ރެއޒް ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތެކެވެ.
ފުޑްފެއާ ބޭސްވުމަކީ ފުވައްމުލަކުގެ ސްކޫލްތަކުގެ ޕީޓީއޭއީން ފަންޑް ރެއިޒްކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހިނގާ ހަރަކާތެކެވެ. އަދި މިހަރަކާތަށް ގިނަ ބައެއްގެ ތާއިދު ލިބެއެވެ.
ޚިޔާލުތައް