ފުވައްމުލައް ސިޓީގައި އައު ފްލޫ ކްލިނަކަކުން ޚިދުމަތް ދޭން ތައްޔާރުވާން ފަށައިފިއެވެ. މިހާރު ދިމާވެގެން އުޅޭ ކޮވިޑް-19 ގެ ޙާލަތަށް އަންނަމުންދާ ބަދަލާއެކު އާއްމު އެކިއެކި ރޯނގާގެ ކަންކަމުގައި އާއްމުންނަށް ފަރުވާ ދިނުމަށް ފަރުވާ ދިނުމަށް ތައްޔާރު ކުރަނީ ކުރީގެ މީޑިއާ ސެންޓަރު އިމާރާތެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އަންނަނީ މި އައު “ފުލޫ ކްލިނިކް” ތައްޔާރުކޮށް ހޮސްޕިޓަލާ ޙަވާލު ކުރުމުގެ މަސައްކަތް ފަށާފައެވެ. ގިނަ ދުވަސްތަކަކަށް ބޭނުން ނުކޮށް ހުރި މީޑިއާ ސެންޓަރުގެ އެއްބައި މަރާމާތުކުރުމަށް ފަހު 24 ގަޑިއިރުގެ ތެރޭގައި ނިމުމަކާ ގާތަށް ގެނެސްފައިވާ ކަމަށް ވެއެވެ.
މިދުވަސްކޮޅަކީ ހޮސްޕިޓަލަށް ކޮންމެހެން މަޖުބޫރު ހާލަތެއްގައި މެނުވީ އައުން ރައްކާތެރި ވަގުތަކަށް ނުވާތީ ހޮސްޕިޓަލަށް ދާންޖެހޭ އާއްމު ބަލި މީހުންނަށް (އައުޓް ޕޭޝންޓްން) ނަށް ފަރުވާ ދިނުމަށް އެހެން ތަނެއް ހުރުމަކީ ގިނަބަޔެއްގެ ހިތްތަކަށް ފިނިކަމެއް ލިބިގެންދާނެކަމެއް ވެސް މެއެވެ.
ކޮވިޑް19 ގެ ކޮންޓެކްޓް ޓްރޭސިންގައި ހިމެނޭ މީހުން ފުވައްމުލައް ސިޓީގައި ތިބިކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެކަމާއި ގުޅިގެން ރަސްމީ އިދާރާތަކުން ބުނަނީ އެކަން ބަލަމުން އަންނަކަމަށާއި އެއަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ.
އެގޮތުން ދެ ކްލަސްޗަރއަކުން ކްންޓެކްޓް ޓްރޭސިންގެ މީހުން ތިބިކަމަށް ބުނެއެވެ. އެއީ ކްރޯނާކޭސް އެއް ޕްޒިޓިވްވި ރިޒޯޓެއްގައި ވަޒީފާ އަދާކުރުމަށްފަހު ރަށަށް އައިސްހުރި މީހަކާއި އައިލެންޑް ސަފާރީ 1 (2 މަފިރިން ޕޮޒިޓްވް ވި) ގެ ފަޅުވެރިންނާއި ކެންޓެކްޓްވި މީހުންނެވެ. އެއީ ކިތައް މީހުންކަމެއް ނެގެއެވެ. އަދި އެމީހުން އަމިއްލައަށް އެކަން ހާމަކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނިީ އެދިފައެވެ.
ޚިޔާލުތައް