ކޯވިޑް19 އަށް ޝައްކު ކުރެވޭ މީހެއްގެ 2 ވަނަ ސާމްޕަލެއް ވެސް މާލެ ފޮނުވައި ނަތީޖާ ނެގެޓިވް – ފވމ ހޮސްޕިޓަލް

ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ 2 ވަނަ ސާމްޕަލެއް ވެސް މާލެ ފޮނުވައި ނަތީޖާ ނެގެޓިވްވި -މާރިޗް 2020
Share on facebook
Share on twitter
Share on google

ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހެއްގެ ސާމްޕަލް ނަގައި ލެބޯޓްރީ ތަހުލީލަށް މާލެ ފޮނުވުމުގެ 2 ވަނަ އޮޕަރޭޝަނެއް ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ އިމަޖެންސީ ރެސްޕޮންޑް ޓީމުން މިހާރު ނިންމާފައި ވާހަކަމަށް ހާމަކުރައްވައެވެ. ކޯވިޑް19ށް ޝައްކު ކުރެވޭ ފަރާތުގެ ސާމްޕަލް 2 ފަހަރަށް ނަގައިގެން ވެސް ނަތީޖާ ލިބުނީ ނެގެޓިވްކޮށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

ބަލީގެ ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމުގެ ހުރިހާ ކަމެއްވެސް ކުރިޔަށް ގެންގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އަންގާ ގޮތެއްގެ މަތީން އެކަން ކުރަން އޮންނަ ގައިޑްލައިނާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން 2 ވަނަ މާލެ ފޮނުވީ ބައްޔަށް ޝައްކުކުރެވޭ ކޮން ސާމްޕަލެއްކަން ސާފުކޮށް ބުނެފައެއް ނުވެއެވެ. އެއީ މީގެ ކުރިން  އައިލެންޑް ސަފާރީ 1 އިން ކޯވިޑަށް ޝައްކުވި މީހުންގެެ ތެރެއިން ނެގި ސާމްޕަލެއްކަން ނުވަތަ އެހެން ސާމްޕަލެއްކަން ހާމަކޮށްފައެއް ނުވެއެވެ. ނުވަތަ އެއީ އެސަފާރީގެ މީހުންނާއި ފުވައްމުލަކުން ކޮންޓެކްޓްވި މީހެއްގެ ސާމްޕަލް ތޯ ނުވަތަ އެ ސަފާރީގައި ތިބި އެހެން މީހެއްގެ ސާމްޕަލްތޯ ވެސް އެނގޭކަށް ނެތެވެ.

ފުވައްމުލަކު ބޭރުގައި އައިލެންޑް ސަފާރީ 1 އޮތްވައި ކޯވިޑް19 އަށް ޝައްކުކުރެވޭ ދެ މީހެއްގެ ސާމްޕަލް ނަގައި މާލެ ފޮނުވާފައި ވަނީ ވެސް ފުވައްމުލަކު ހޮސްޕިޓަލުންނެވެ. އަދި އެ ދެ މީހުންގެ ބައްޔަށް ޕޮޒިޓިވް ވިކަންް އާއްމުކޮށް ވަނީ އިއުލާން ވެސް ކޮށްފައެވެ. އެއިގެ ފަހުން އެސަފާރީ މާލެ ސަރަހައްދަށް ގެންގޮސް ސަފާރީގެ 16 ފަޅުވެރިންނާއި 16 ފަތުރުވެރިން ކަރަންޓީން ވެސް ކުރެވުނެވެ. ކަރަންޓީނު މުއްދަތު ހަމަކޮށް ފުރި އިޓަލީގެ ދެފަތުރުވެރިއަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ އެމީހުން ފްލައިޓްގަިއ ރަޝިއާއަށް ދަތުރުކުރުމުން ދަނިކޮށްވެ.

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރެވޭ ތަންތަނާއި ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން، އެ ބޭފުޅުންގެ ވަޒީފާ އަދާ ކުރައްވާ ރަށެއްގައި / ރިސޯޓްގައި ތިއްބެވުމަށް އެޗްޕީއޭ އިން ތަކުރާރުކޮށް އިލްތިމާސް ކުރައްވައެވެ. އާއިލާގެ އެހެން މެމްބަރުންގެ ސަލާމަތަށްޓަކައި ފަރުދީ ޒިންމާ އިސް ކުރައްވުމަށް ފުވައްމުލަކު ހޮސްޕިޓަލު އެދިފައި ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments