ކޮވިޑް-19 އާއި ގުޅިގެން މި އޭޕްރީލް މަހު 18 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީގައި ޚާއްސަ ކަންކަމަށް ބޭނުންވާ ކައްތައްތައް ހަމަޖެއްސުމަށް ސޯޝަލް ޑެސްކެއްގެ މަސައްކަތް ގާއިމުކޮށްފިއެވެ.
މި ސޯޝަލް ޑެސްކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި:
1. ފުވައްމުލައް ސިޓީ އިން ފުރާ ދުއްވާ އުޅަނދުތަކަށް ހުއްދަ ދިނުމާއި
2. ފުވައްމުލައް ސިޓީގައި ކާބޯތަކެތީގެ ސްޓޮކަށް އަންނަ ބަދަލުތައް ދެނެގަނެ ސްޓޮކް ހުސްވިޔަ ނުދީ ބެލެހެއްޓުމާއި
3. ރަށުތެރޭގެ ކަންކަން މޮނީޓާ ކުރުމާއި (ފިހާރަ، ގާޑިޔާ، ހޮޓާ ރެސްޓޯރަންޓް، ސެލޫންތަކުން ދޭ ޚިދުމަތް ޑެލިވަރީ ޚިދުމަތް ދެވޭތޯ ކަށަވަރު ކުރުން)
4. ޑެލިވަރީގެ ޚިދުމަތްދޭ ތަންތަނުގެ މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި
5. މީޑިއާ އަށް މައުލޫމާތު ދިނުމާއި
6. ރިސޯޓް ތަކުން ދަތުރުކުރި ފަރާތްތަކުގެ މައުލޫމާތު ނެގުން ހިމެނެއެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 23:00އަށް މި ޑެސްކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެ ޑެސްކުން މިހާރު ކުރިޔަށްދާ އެއް މަސައްކަތަކީ 1 އޭޕްރިލް އިން ފެށިގެން ފުވައްމުލައް ސިޓީއަށް ދަތުރުކޮށްފައިވާ ފަރާތްތައް ރަޖިސްޓްރީކޮށް އެފަރާތްތައް ގޭގައި މަޑުކުރުމަށް އެންގުމާއި އެފަދަ ފަރާތްތަކަށް ކަމާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
ޚިޔާލުތައް