ފުވައްމުލަކާއި މާލެއާއި ދޭތެރޭ ބާއްވާ ކާގޯ ފްލައިޓުން މުދާ ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މި ފްލައިޓް މާލެއާއި ފުވައްމުލަކާއި ދޭތެރޭ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ.
މިފްލައިޓުން މުދާ ފޮނުވުމަށް ހަމަޖެހިފައިވަނީ ނަންނޯޓުކުރާ ތަރުތީބުންނެވެ. ނަމަވެސް، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ސާމާނާއި އަސާސީ ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އަދި މިފްލައިޓުން މުދާ ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެދުނު 10.00 އިން ހަވީރު 5.30 އަށް އަދި ރޭގަނޑު 7.00 އިން 12.00 އަށް ފުވައްމުލަަކު ސިޓީކައުންސިލުގެ 6865001 އަށް ގުޅައިގެނެވެ.
މިފްލައިޓުން މުދާ މާލެއިން ފުވައްމުލަކަށް ފޮނުވުމާއި ފުވައްމުލަކުން މާލެއަށް ފޮނުވުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ. މިދަތުރުތައް ކުރަމުން ގެންދަނީ މޯލްޑިވިއަން އިންނެވެ.
ޚިޔާލުތައް