ކުރިޔަށް މިއޮތް ހަފުޓައެއް ހާދުވަހަށް ފުވައްމުލައ ސިޓީ ގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާއރާއިން ލަފާކޮށްފިއެވެ. އެގޮތުން ވައިގަދަވެ ކަނޑު ވެސް ގަދަ ވާނެކަމަށް ލަފާކޮށްފައި ވެއެވެ. މޫސުމާބެހޭ އިދާރާއިން ވަނި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީން މުސުން ލަފާކޮށްފައިވާ ގޮތުގައި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމަޔަށް މިއަދު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެއެވެ.

ދެކުނުގެ އަތޮޅުތަކަސް މުސުމީ ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ދެކުނުގައި އިފެދިފައިވާ ލޯޕްރެޝާ ޓްރަފެއްގެ ސަބަބުން މިސަރަހައްދުަގއި ގިނއަދަދަކަސް ވިއްސާރަ ވިލާ އުފެދެމުން އަންނަކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ހާމަކުރެއެވެ. އެއްގެ
އިއްޔެއާއި ރޭވެސް ފުވައްމުލަކަށް ވައިބާރުވެ ބޯކޮށް ވާރޭވެހިފައި ވެއެވެ. ރޭގެ ވިއްސާރައާއި ގަދަވައިގެ ސަބަބުން ބައެއް ގޭގެއަށް ވެސް ގެއްލުން ލިބިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. މީގެ އިތުރުން ރުއްގަސް ވެއްޓިފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.
ރޭކުރި ވިއްސާރައިގައި ގެއްލުންވި ގެތަކުން އެކަން ސިޓީ ކައުންސިލްގެ 7315001ނަމްބަރު ފޯނަށް ގުޅުއްވައި އަންގައި ދިނުމަށް ސިޓީ ކައުންސިލުން އެދިފައިެވއެވެ.
މިއަދުވެސް ފުވައްމުލަކަށް ވަރަށް ވައިބާރެވެ.

ވައިބާރުވެ ގަހެއް ވެއްޓުމުން ގެއްލުން ލިބިފައިވާ ގެއެއްގެ ފުރާޅު
މިއީ ރާއްޖެއަށް އާއްމުގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާދުވަސްވެރެވެ.
މިދުވަސްވަރު މޫސުން ގޯސްވެފައިވާތީ ހުރިހާ އެންމެން ވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ސިޓީ ކައުނސިލްުން އެެދިއެވެ. އަދި މޫސުން ގޯސްވެ ވިއްސާރާގައި ފެންބޮޑުވުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރަށް ގުޅުވުމަސް އެދެއެވެ. އަދި މިވިއްސާރާަގއި ދިމަވެދަނެ ގެއްލުން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއަާލއިގެްނ ތިބުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ހުލަނގުމޫސުމުގެ ބާރުވައިގައި ފުވައްމުލަކުން ގަސްތައް ވެއްޓިފައިވޭ.
ޚިޔާލުތައް