ދެވަނަ ޓާމުގެ ކިޔެވުން އައު އަހަރު ފެށުނީ

ފުވައްމުލަކު ސްކޫލްތަކުގެ އާބާދީ އަދި މުދައްރިސުންގެ ނިސްބަތް 2019
Share on facebook
Share on twitter
Share on google

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށުނީއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވި ދިރާސީ އަހަރުގެ ކިޔެވުން މީލާދީ ދެ އަހަރަށް ބެހިގެންދާގޮތަށް ކިޔެވުން ކުރިޔަށްގެންދާ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަދު، 10 ޖެނުއަރީ 2012 ގައި މިފެށެނީ 2020 ވަނަ އަހަރުގައި ފެށި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމެވެ.

މިގޮތަށް ކިޔެވުން ބަދަލުކުރަން ޖެހުނީ ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ ބޮޑުބައެއްގައި ކިޔަވައިނުދެވުފައި ވާތީއެވެ. މިދިޔަ އަހަރު އޮކްޓޯބަރު/ނޮވެމްބަރު ގައި އިށީންނަން ނިންމާފައިވާ އޯލެވެލް އަދި އޭލެވެލް އިމްތިހާނު ވެސް މިވަނީ މިއަހަރުގެ މެއި/ޖޫން އަށް ބަދަލުކުރެވިފައެވެ. އަދި އައު އަހަރަށް ގްރޭޑްތަކަށް ކުދިން ވެއްދުން ވެސް މިވަނީ މިއަހަރު މެއި/ޖޫން ހިސާބަށް ލަސްކުރެވިފައެވެ.

ފުވައްމުލަކު ސެކަންޑަރީ ސްކޫލްތަކުގެ އާބާދީ 2019

ފުވައްމުލަކުގައި ހިންގާ ހުރިހާ ސްކޫލެއްގެ ކިޔެވުން ވެސް މިއަދު ފެށިގެންދާނެއެވެ. އެގޮތުން ކޮވިޑް-19ގެ ކުރިއެކޭ އެއްގޮތަށް ކްލާސްތަކުގެ ކިޔެވުން ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ނަމަވެސް ކުރިން 7 ޕީރިއަޑަށް ކުރިޔަށް ގެންދިޔަ ސެޝަން މިހާރު ވަނީ 6 ޕީރިއަޑަށް ކުރުކުރެވިފައެވެ.

މިއަހަރަކީ ފުވައްމުލަކުގެ ކުރީގެ 3 ޕްރައިމަރީ ސްކޫލް ކަމަށްވާ ހޭޒް، އެމްޖޭއެސް އަދި އެފްއެސް އިން އަލަށް ޖީސީއީ އޯލެވެލް އިމްތިހާނުގައި ދަރިވަރުން އިށީނާނެ އަހަރެއެވެ. ކޮންމެ ސްކޫލަކުން 20-40 އާއި ދެމެދުގެ އަދަދަކަށް، މުޅި ޖުމްލަ 145 އެއްހާ ދަރިވަރުން އޯލެވެލް ހަދާނެ ކަމަށް ބެލެވެއެވެ.

ފުވައްމުލަކުގެ ސްކޫލްތަކުން ވަނީ ދަރިވަރުން ހާޒިރުވާން ޖެހޭ ގަޑިތަކާއި ސެޝަންތަކުގެ މައުލޫމާތު އާއްމުކޮށްށް އިއުލާކޮށްފައެވެ. އެގޮތުން ޏ.އޭއީސީގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:10 ގައެވެ. ހާފިޒު އަހުމަދު ސްކޫލުގެ ކިޔެވުން ފެށުމަށް ހަމޖެހިފައިވަ ނީ ހެނދުނު 7:00 ގައެވެ.

ފުވައްމުލަކު ޕްރީ-ސްކޫލްތަކުގެ އާބާދީ 2019

ފުވައްމުލައް ސިޓީގައި ހުރީ 6 ޕްރީސްކޫލާއި 4 ޕްރައިމަރީ ސްކޫލް، 4 ސެކަންޑަރީ ސްކޫލް އަދި 1 ހަޔަރ ސެކަންޑަރީ ސްކޫލާއެކު މުޅިއެކު 8 ސްކޫލެކެވެ. މިހުރިހާ ސްކޫލެއްގެ ކިޔެވުން ވެސް މިއަދު ފެށޭނެއެވެ. މިހާރު ފުވައްމުލައް ސިޓީގައި ހިންގާ ސްކޫލްތަކަކީ:

ފުވައްމުލަކުގެ ސްކޫލްތައް 2020

ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)

މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް)

ހާފިޒް އަހުމަދު ސްކޫލް (ހޭޒް)

ފުވައްމުލަކު ސްކޫލް (އެފްއެސް)

ބިލަބޮންގ ހައި އިންޓަނޭޝަނަލް ފުވައްމުލައް (2020 ގައި) (އަމިއްލަ)

ކެންގަރޫ ކިޑްސް ފުވައްމުލައް އިންޓަނޭޝަނަލް (އަމިއްލަ)

އައިޑިއަލް ސްކޫލް (އަމިއްލަ)

ޒިކުރާ ސްކޫލް (އަމިއްލަ)

މިދިޔަ 2020 ވަނަ އަހަރު ވަނީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގައި ވެސް ޕްރައިމަރީ ގައި ކިޔަވައިދޭން ފަށާފައެވެ. ނަމަވެސް އަދި ދަރިވަރުންނާއި މުދައްރިސުންގެ ނިސްބަތް ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

2019 ވަނަ އަހަރު ނިމުނު އިރު ފުވައްމުލަކުގެ 359 ދަރިވަރުން މާލޭ ސްކޫލްތަކުގައި ކިޔަވަމުންދެއެވެ. އެއީ ޕްރީސްކޫލް ބައި ނުހިމަނައެވެ. އެއީ ފިރިހެން 189 އަދި އަންހެން 170 ކުދިންނެވެ. ޕްރަމަރީގައި ކިޔަވާ 235 ދަރިވަރުންނާއި، ސެކަންޑަރީގައި ކިޔަވާ 107 އަދި ހަޔަސެކަންޑަރީގައި ކިޔަވާ 17 ދަރިވަރުންނެވެ. މި 17 ދަރިވަރުންގެ ތެރެއިން 12 ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަންފާހަގަ ކކުރެވެއެވެ.

މާލޭސިޓީ ސްކޫލްތަކުގައި ކިޔަވާ ފުވައްމުލައް ސިޓީގެ ދަރިވަރުން 2019

ފުވައްމުލައް ސިޓީގައި 2019 ވަނަ އަހަރު ނިމުނު އިރު 7 ސްކޫލެއްގައި ތިބީ 2349 ދަރިވަރުންނެވެ. އަދި 284 ޓީޗަރުންނެވެ. މި ނިސްބަތުން ބަލާއިރު މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތް އުޅެނީ 8 ގައެވެ. މާނައަކީ ކޮންމެ 8 ދަރިވަރަކަށް މުދައްރިސެއް އެބަހުއްޓެވެ. މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތް އެންމެ ދަށީ ޒިކުރާ ސްކޫލާއި ޏ.އޭއީސީ އަދި އެފްއެސް ގައެވެ. އެއި ކޮންމެ މުދައްރިސަކަށް ޒިކުރާ ސްކޫލުގައި 4 ދަރިވަރުން އަދި އެފްއެސް އާއި ޏ.އޭއީސީގައި 7 ދަރިވަރުންނެވެ.

މި ނިސްބަތަކީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކަށް ވުރެވެސް ދަށް އަދަދެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މުދައްރިސުންނާއި ދަރިވަރުންގެ ރޭޝިއޯ ހުންނަނީ 1:16 ގައެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ‘އައިޑިއަލް’ ނުވަތަ އެންމެ އެކަށީގެންވާ ރަނަގޅު ރޭޝިއޯއެއްކަމަށް ގިނަ ގައުމުތަކުން ބަލަނީ 1:30-1:35 އާއި ދެމެދުއެވެ. އިންޑިއާގައި ވެސް ހުރީ 1:30 އެވެ. ސްރީލަންކާގައި 1:25، މެލޭޝިއާގައި 1:12 ގައި ހުރިއިރު ސިންގަޕޫރުގައި ޕްރައިމަރީގައި ހުރީ 1:15، ސެކަންޑަރީ ގައި 1:12 އަދި ކޮލެޖް ލެވެލްގައި 1:11 އެވެ. ފިންލޭންޑްގެ ޕްރައިމަރީގައި ހުރީ 1:14 އެވެ.

ފުވައްމުލަކުގައި ގްރޭޑް 10 ނިންމާ 200 އެއްހާ ކުދިންގެ ތެރެއިން އޭލެވެލްގައި ރަށުން ކިޔަވަނީ 60 އެއްހާ ދަރިވަރުންކަން ތަފާސް ހިސާބުތަކުން އެނގެއެވެ. އަދި މަތީ ސެކަންޑަރީ އިންފެށިގެން ކްލާސްތަކަށް ދާވަރަކަށް ފިރިހެން ކުދިންގެ ނިސްބަތް ދަށަށް ދާކަން ފާހަގަކުރެވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments