A wide advertisement which will be shown on all devices. (700 x 100)

ތިން އެމްޕީއިން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރައްވައިފި

ފުވައްމުލައް ސިޓީ 3 އެމްޕީއިން މިއަދު އެޑިއުކޭޝަން މިނިސްޓަރާއެކު.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ އާއި ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީގެ 3 މެމްބަރުން މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމަކީ އެމްޕީ ހުސެއިންގެ އިސްނެންގެވުމާއި އެކު ކުރިޔަށް ދިޔަ ބައްދަލުވުމެއް ކަން މިކަލް ނޫހަށް އެނގިފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ރަޝީދު (ދޮންބެ) އާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ދީދީ (ހުސޭން) އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުމްތާޒް ބައިވެރިވެ ވަޑައިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރައްވައެވެ. އެޑިއުކޭޝަން މިނިސްޓްރީއިން، މިނިސްޓަރުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު އާއި އިތުރު އަންހެން ބޭފުޅަކު ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ފުވައްމުލައް ސިޓީ 3 އެމްޕީއިން މިއަދު އެޑިއުކޭޝަން މިނިސްޓަރާއެކު. 2021

މިއަދުގެ ބައްދަދަލުވުމުގައި ފުވައްމުލައް ސިޓީގެ ސްކޫލުތަކަށް ދިމާވެފައިވާ މައްސަލަތައް މިނިސްޓަރު އިތުރަށް އޮޅުންފިލުއްވައި، ދަރިވަރުންގެ ކިޔެވުން އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މެމްބަރުންނާއި މަޝްވަރާކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރައްވާފައި ވެއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން މިކަލް ނޫހުން ސުވާލުކުރުމުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ވިދާޅުވީ ހާފިޒް އަހުމަދު ސްކޫލުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެސްކޫލުގެ ޕްރިންސިޕަލަށް، ސްކޫލުގެ ކަންކަން ހިންގުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު ދީފައި ކަމަށެވެ. އެގޮތުން ސްކޫލް ހިންގުމުގައި ދަތިތައް ކުރިމަތިވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން ވެސް ހިމެނޭ ކަމަށެވެ. އެއީ ވަކި މުދައްރިސެއްގެ މަސައްކަތް ބަދަލުކުރުން ނުވަތަ މަސައްކަތް ކުރަން ޖެހޭ ސެޝަން ބަދަލުކުރުން ފަދަ ކަންކަމަށް ވިޔަސް އެކަންކަމަކީ ޕްރިންސިޕަލަށް ކުރެވޭނެ ކަންކަން ކަމަށެވެ.

އެންމެ މުހިންމީ ސްކޫލް ރަނގަޅަށް ހިނގުން ކަމަށާއި ވަކި މުދައްރިސެއްގެ މަސްލަހަތަށްވުރެ މުޅި ސްކޫލްގެ މަސްލަހަތު އިސްކުރެވޭނެ ކަމަށެވެ. އެގޮތުން ބެލެނިވެރިންނާއި ހުރިހާ ޓީޗަރުންވެސް އެކަން ގަބޫލުކުރަން ޖެހެއެވެ. ސްކޫލްތެރޭގައި މައްސަލަތައް ފާހަގަވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިގެންވެސް ސްކޫލުގެ ކަންކަން ރަނގަޅު ކުރުމަކީ އެންމެންވެސް ބޭނުންވާނެ ގޮތްކަމަށެވެ.

ދާދި ފަހުން އެޑިއުކޭޝަންނަށް މިނިސްޓްރީއަށް ހުށަހެޅުނު ހާފިޒު އަހުމަދު ސްކޫލުގެ ޝަކުވާތަކަކާއި ގުޅިގެން ޓީޗަރަކާއި މެދު ފިޔަވަޅު އަޅަން އެޑިއުކޭޝަން މިނިސްޓްރީއިން ލަފާދީފައިވާ ކަމަށް ވެއެވެ. ނަމަވެސް ޕްރިންސިޕަލް ނިންމެވީ ފިޔަވަޅު އެޅުމުގެކުރިން ބައެއް ޒިންމާތައް އުނިކުރުމަށްފަހު އިސްލާހުވާން ފުރުސަތު ދިނުމަަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއިގެފަހުން ސްކޫލް ކޮމިއުނިޓީ ތެރޭގައި ތަފާތު ގޮތްގޮތަށް ވަހާކަތައް ފެތުރި އެޑިއުކޭޝަން މިނިސްޓްރީއަށް އިތުރު ޝަކުވާތައް އެކިފަރާތްތަކުން ކުރަންފަށާފައިވާ ކަމަށް ވެއެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީއިން ބަލަން ފަށާފައިވާ ކަމަށް މެމްބަރު ރަޝީދު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިމައްސަލަ އާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމުގެ ޔަގީންކަން މެމްބަރު ދެއްވިއެވެ.

މީގެ އިތުރުން ވެސް ފުވައްމުލައް ސިޓީ ސްކޫލްތަކުގައި ގްރޭޑް 1-10 އަށް ކިޔަވައިދޭނީ ކޮން ސްކޫލްތަކެއްގައި ތޯ ކަނޑައެޅުމުގެ ގޮތުންވެސް މެމްބަރުން ސުވާލު ކުރައްވާފައި ވެއެވެ. އެކަމުގައި އިތުރު މަޝްވަރާތަކަށް އަދި ފަހުން ކުރިޔަށްދާނެ ކަމަށް ވެއެވެ.

މީގެ އިތުރުން ފުވައްމުލަކު ސްކޫލްތަކުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން ސަރުކާރުގެ ތައުލީމީ މެންޑޭޓް ފުރިހަމަ ކުރުމުގައި އެއްބާރުލުން ލިބޭ މިންވަރާއިގުޅޭ ގޮތުންވެސް މެމްބަރުން ވާހަކަދެއްކެވި ކަމަށްވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    GN AEC ga key stage 3 ga kiyavaa dheyn feshumun baehge Lilah nidhi naisgen varah game eba jessay. Insha Allah AEC dhaane kuriyah.